Ads by Stelco

ޚަބަރު

ތުލުސްދޫއިން ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ދޭން ފަށައިފި

ތުލުސްދޫއިން ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ދޭން ފަށައިފި

ދިވެހި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް---

farudhun logo

ފަރުދުން

07 އޮކްޓޯބަރު 2025، 09:52

07 އޮކްޓޯބަރު 2025، 09:52

މާލެ އަތޮޅު ތުލުސްދޫއިން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ތުލުސްދޫއިން އެ ޚިދުމަތް ދޭން ފަށާފައި މިވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުންނެވެ. ރައީސްގެ މުހިންމު މި ސިޔާސަތް ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16ވަނަ ދުވަހެވެ.

މިކަމާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި މޯލްޑިވްސް އިމިގްރޭޝަނުން ބުނީ،  ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ކ. ތުލުސްދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.



މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް އިމިގްރޭޝަނުން ވަނީ ކުރިން ހާމަކޮށްފައެވެ. ނަމަވެސް މި މަހުގެ ނިޔަލަށް މި ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މިހާތަނަށް ޚިދުމަތް ނުފެށި އޮތް ހަމައެކަނި އަތޮޅުކަމުގައިވާ، އދ. އަތޮޅުގައި އެ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާ މިހާރު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. އެކަން އެ މަނިކުފާނު ވަނީ، ރޭ މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ހާމަކުރައްވާފައެވެ. 

އދ. އަތޮޅުން މި ޚިދުމަތް ޤާއިމްކުރަން ނިންމާފައި ވަނީ، އެ އަތޮޅުގެ ވެރިކަންކުރާ  މަހިނބަދޫގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން