Ads by Stelco

ޚަބަރު

މާމިގިލީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

މާމިގިލީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

މާމިގިލީގެ ހޮސްޕިޓަލްގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: ފަރުދުން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 އޮކްޓޯބަރު 2025، 09:28

07 އޮކްޓޯބަރު 2025، 09:28

އދ. މާމިގިލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވާދެއްވީ، އދ. އަތޮޅުގެ މީހުން ދިރިއުޅޭ 10 ރަށަށް ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މާމިގިލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ހޮސްޕިޓަލުގެ މަސައްކަތް ފައްޓަވާދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. އެ މަނިކުފާނާއެކު، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމާއި، ރައްޔިތުންގެ މާމިގިލީ ދާއިރާގެ މެންބަރު، އޮނަރަބަލް ޤާސިމް އިބްރާޙިމް އަދި މާމިގިލީ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މާމިގިލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢާ ގުޅިގެން ވިދާޅުވީ، މި މަޝްރޫޢަކީ މާމިގިއްޔަށް ސިއްޙީ ދާއިރާއިން ބޮޑު ކުރިއެރުންތަކެއް ގެނުވާނެ މަޝްރޫޢެއް ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ، މާމިގިލިފަދަ އާބާދީ ބޮޑު ރަށްތަކުގައި، މެދު ރާސްތާ އަދި ދުރު ރާސްތާ މަޝްރޫޢުތައް ހިންގުމަކީ ސަރުކާރުން ގެންގުޅޭ ސިޔާސަތުކަމަށާއި، މި ކަމުގައި އެއްވެސް ރަށެއް ބާކީ ނުކުރައްވާނެކަމަށެވެ.

މާމިގިލީ ހޮސްޕިޓަލް މަޝްރޫޢުގެ އިތުރުން، އެ ރަށުގައި ޤާއިމްކުރުމަށް ނިންމާފައިވާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އދ. މާމިގިލީ ކެންޕަސް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައި ވަނީ އާރުޑީސީއާއެވެ. ރޭގެ ރަސްމިއްޔާތުގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން