Ads by Stelco

ޚަބަރު

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ފަށައިފި

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ފަށައިފި

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް ބަދަލު ގެނައުމުގެ މަޝްވަރާ ބައްދަލުވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 އޮކްޓޯބަރު 2025، 12:43

06 އޮކްޓޯބަރު 2025، 12:43

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް ބަދަލު ގެނައުމަށްޓަކައި މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ. މި ޤާނޫނަކީ 2014 ވަނަ އަހަރު ވުޖޫދުވެފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ އަދާކުރާ ތަންތަނާއި ތަޢުލީމު ދޭ މަރުކަޒުތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، މީގެ އިތުރުންވެސް އިޖުތިމާޢީ ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ދިމާވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ހުއްޓުވުމެވެ. ޤާނޫނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ ކަންކަން ހުއްޓުވުމުގައި އެކި ފަރާތްތަކުގެ ޒިންމާތައް ބަޔާންކޮށް، އެފަދަ ކަންކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައްވެސް ވަނީ ކަނޑައަޅާފައެވެ.

މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢައިޝަތު ޒުހުރުބާން ވިދާޅުވީ، މި ޤާނޫނަށް ބަދަލުތައް ގެންނައިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް، ޤާނޫނު ހަރުދަނާކުރުމަށް ކަމަށެވެ. އެ މަސައްކަތުގައި އަލިފް ލޯ ޗެންބަރސްއިން މުހިންމު ދައުރެއް އަދާކުރާނެކަންވެސް ޒުހުރުބާން ފާހަގަކުރެއްވިއެވެ.

ޒުހުރުބާން އިތުރަށް ވިދާޅުވީ، މި ޤާނޫނުގެ އެންމެ ބޮޑު ބޭނުމަކީ، ޤާނޫނުގެ ދަށުން ތަޢުލީމުދޭ މަރުކަޒުތަކާއި މަސައްކަތްކުރާ އިދާރާތަކާއި އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެތަންތަނަކީ އަމާން ރައްކާތެރި ތަނަކަށް ވެގެންދިއުން ކަމަށެވެ. "މީގެ އެންމެ ބޮޑު ބޭނުމަކީ މި ޤާނޫނުގެ ދަށުން ތަޢުލީމުދޭ މަރުކަޒުތަކާއި މަސައްކަތްކުރާ އިދާރާތަކާއި އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެތަންތަނަކީ އަމާން ރައްކާތެރި ތަނަކަށް ވެގެންދިޔުން.

އުންމީދުކުރަނީ އެންމެ ގުޅިގެން ފެށި މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވައި މުވައްޒަފުން މަސައްކަތްކުރާ މާހައުލަކީ ރައްކާތެރި ތަކަކަށް ވެގެންދިޔުން  

ޒުހުރުބާން

ޤާނޫނުގައި ވަޒީފާދޭ ފަރާތުން ނުވަތަ ވަޒީފާ އަދާކުރާ ތަނުގައި މަސައްކަތްކުރާ އެހެން ފަރާތަކުން ނަމަވެސް، އެފަރާތެއްގެ ދަށުން ނުވަތަ އެފަރާތާ އެކުގައި މަސައްކަތްކުރާ އެހެން ފަރާތަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގުމަކީ މަނާކަމެކެވެ. މި ޤާނޫނުގެ ދަށުން، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ މައްސަލަތައް ބެލުމަށްފަހު، ކުޑަބޮޑުމިނަށް ބަލައި، އެފަދަ ޢަމަލުތައް ވަގުތުން ހުއްޓާލުމަށާއި ތަކުރާރު ނުކުރުމަށް ލިޔުމުން އެންގުން ހިމެނެއެވެ. މީގެ އިތުރުން، މައްސަލަ ރައްދުވާ ފަރާތުން ހިންގާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުގެ ސަބަބުން ޝަކުވާ ހުށަހެޅި ފަރާތުގެ އެއްވެސް ޙައްޤެއް ނިގުޅައިގަނެވިފައިވާނަމަ އެ ޙައްޤެއް އަނބުރާ ހޯދައިދިނުމަށް އަމުރުކުރުމާއި، ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް މި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން