Ads by Stelco

ޚަބަރު

އެލް.އާރް.އޭ.ޑީ ދިވެހި ފުލުހުންގެ ޚިދުމަތުން ފުރަތަމަ ބޭނުންކުރަން ފެށީ 2013 ވަނަ އަހަރު: ވަޒީރު އިޙްސާން

އެލް.އާރް.އޭ.ޑީ ދިވެހި ފުލުހުންގެ ޚިދުމަތުން ފުރަތަމަ ބޭނުންކުރަން ފެށީ 2013 ވަނަ އަހަރު: ވަޒީރު އިޙްސާން

އެލް.އާރް.އޭ.ޑީ---

farudhun logo

ފަރުދުން

06 އޮކްޓޯބަރު 2025، 11:21

06 އޮކްޓޯބަރު 2025، 11:21

ދުރަށް އަޑު ފޮނުވާ އާލާތެއް ކަމަށްވާ، ލޯންގް-ރޭންޖް އަކޫސްޓިކް ޑިވައިސަސް  - އެލް.އާރް.އޭ.ޑީ އަކީ ދިވެހި ފުލުހުންގެ ޚިދުމަތުން 2013 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ ޑިވައިސްއެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިޙްސާން ވިދާޅުވީ، ފުރަތަމަ މޮޑެލް (އެލް.އާރް.އޭ.ޑީ 450 އެކްސް.އެލް) ހަރުކުރެވިފައިވަނީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްއިން ބޭނުންކުރާ އުޅަނދެއްގައި ކަމަށެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ރޫޅާލުމަށް ބޭނުންކޮށްފައިވަނީ އެލްރެޑް 100 އެކްސް މޮޑެލް ކަމަށާއި، މިމޮޑެލްވެސް 2023 ވަނަ އަހަރު މޭއި މަހު ބޭއްވި މުޒާހަރާއެއް ރޫޅާލަން ފުލުހުން ބޭނުންކޮށްފައިވާ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.



ވަޒީރު ވިދާޅުވީ އެލް.އާރް.އޭ.ޑީ ސިސްޓަމްތައް 100 އަށްވުރެ ގިނަ ޤައުމުތަކުން ބޭނުން ކުރަނީ އާންމު ސަލާމަތީ އިދާރާތަކާއި، ސިފައިންނާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ކަމަށެވެ. މިގޮތުން މި ސާމާނު ބޭނުންކުރަނީ ދުރުން މުވާސަލާތުކުރުމަށާއި، ޖަމާވެފައިވާ ބަޔަކު ކޮންޓްރޯލްކުރުމަށާއި، ސަރަޙައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށާއި، ކަނޑުމަތީގެ ސަލާމަތާއި، ކުއްލި ނުރައްކަލުގެ އެންގުންތަކަށް ކަމަށްވެސް ވިދާޅުފައި ވެއެވެ.

މި ޑީވައިސް އާއި ގުޅޭގޮތުން ވަޒީރު މިހެން ވިދާޅުވެފައި މިވަނީ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާ ރޫޅާލުމުގައި މިއާލަތް ބޭނުން ކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މިކަމުގެ ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ހުކުރުދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލާފައިވަނީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލުމާއި، އެއްވުންތައް ހުއްޓުވައި ކޮންޓްރޯލްކުރުމަށް ފުލުހުން ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާއި ޚިލާފު ހަރަކާތްތަކެއް ހިންގުމުން ކަމަށް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން