ޚަބަރު
ބްރޮޑްކާސްޓިން ކޮމިޝަންގެ އިންތިޚާބުގައި ވޯޓުލާން ރެޖިސްޓަރ ކުރުމަށް އިތުރު ދުވަހެއް ދީފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި---

ފަރުދުން
05 އޮކްޓޯބަރު 2025، 10:02
05 އޮކްޓޯބަރު 2025، 10:02
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ އިންތިޚާބުގައި ވޯޓު ދިނުމަށް ރެޖިސްޓަރވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
އިންތިޙާބުގައި ރެޖިސްޓަރވުމަށް ކުރިން ހުޅުވާލި މުއްދަތު ހަމަވީ މިއަދު ހަވީރު 16:00އަށެވެ. ނަމަވެސް އިތުރު މުއްދަތެއްދީ، އިލެކްޝަން ކޮމިޝަނުން މިހާރު މިވަނީ ރަޖިސްޓްރީވުމުގެ ވަގުތު ހޯމަ ދުވަހުގެ ރޭ 12:00އާއި ހަމައަށް އިތުރުކޮށްފައެވެ.
މި މަހުގެ 11ވަނަ ދުވަހު ބާއްވާ މި އިންތިހާބަސް ރެޖިސްޓްރީވުމަށް އިތުރު ފުރުސަތެއް މި ދިނީ މީޑިއާތަކަށް އެކަށީގެންވާ ވަގުތު ދިނުމަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފަވާ ލިސްޓުގަވާގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އިންތިޚާބުގައި 353 މީޑީއާއަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. އެއީ 18 ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 335 މީޑިއާއެވެ.
އެއަށްފަހު މި ލިސްޓަށް ހުށަހެޅި ޝަކުވާތަކަށްފަހު 18 ފަރާތެއް ވަނީ ލިސްޓުން އުނިކޮށްފައެވެ. އަދި މި ރަޖިސްޓްރީއަށް އިތުރު ކުރި 64 މީޑިއާ/ބްރޮޑްކާސްޓަރުންގެ ލިސްޓު ވަނީ އާއްމުކޮށްފައެވެ.
މި ކޮމިޝަނަކީ އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ. މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.