ޚަބަރު
ރޭގެ އެއްވުން ކޮންޓުރޯލް ކުރުމުގައި ހަރަކާތްތެރިވި 3 ފުލުހަކަށް އަނިޔާވެފައިވޭ: ފުލުހުން

ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން: ފޮޓޯ- އެމްޑީޕީ

ފަރުދުން
04 އޮކްޓޯބަރު 2025، 07:57
04 އޮކްޓޯބަރު 2025، 07:57
ރޭ އިދިކޮޅު އެމްޑީޕީން ކުރިއަށްގެނދިޔަ އެއްވުން ކޮންޓުރޯލް ކުރުމުގައި ހަރަކާތްތެރިވި 3 ފުލުހަކަށް އަނިޔާވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާލުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ރޭގެ އެއްވުން ކޮންޓުރޯލް ކުރުމުގައި ހަރަކާތްތެރިވި 3 ފުލުހަކަށް އަނިޔާވެފައިވާކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އަންހެން ފުލުހަކާއި 2 ފިރިހެން ފުލުހުން ކަމުގައެވެ.
އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑްއާއެކު ވެއްޓި ފުލުސް މީހާގެ ގައިމަތިން އެއްވުމުގެ ބައެއް ބައިވެރިން ހިނގުމުގެ ސަބަބުންކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އަނިޔާވި އަނެއް 2 ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވަނީ ބެރިކޭޑްއިން ޖެހުމުގެ ސަބަބުންކަމަށާއި އަނެއް ފުލުސް މީހާއަށް އަނިޔާވެފައިވަނީ ޝީލްޑްތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުގެ ސަބަބުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އަނިޔާވި 2 ފުލުހުންނަށް ސެނަހިޔާ ހޮސްޕިޓަލުގައާއި އަނިޔާވި އަނެއް ފުލުސްމީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިންކަމަށެވެ.