Ads by Stelco

ޚަބަރު

ރޭގެ އެއްވުމަކީ އެމްޑީޕީއިން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި، އެޕާޓީ ފެއިލްވެފައިވާ ކަމުގެ ހެއްކެއް: ނައިބުރައީސް

ރޭގެ އެއްވުމަކީ އެމްޑީޕީއިން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި، އެޕާޓީ ފެއިލްވެފައިވާ ކަމުގެ ހެއްކެއް: ނައިބުރައީސް

ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން: ފޮޓޯ- އެކްސް

farudhun logo

ފަރުދުން

04 އޮކްޓޯބަރު 2025، 06:05

04 އޮކްޓޯބަރު 2025، 06:05

ރޭގެ އެއްވުމަކީ އެމްޑީޕީއިން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި، އެޕާޓީ ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް، ޙުސައިން ވަނީ ސުލްޙަވެރި އިޙްތިޖާޖެއްގެ ނަމުގައި ޤައުމުގެ ސުލްޙަ މަސަލަސްކަން ނަގާލައި ހަލަބޮލިކުރުމަށް އެމްޑީޕީއިން ރޭ ކުރިއަށް ގެންދިޔަ ޙަރަކާތް ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާފައެވެ. ނައިބުރައީސް، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޙަރަކާތަކީ ރައްޔިތުންގެ ބާރާއި، ޚިޔާފާޅުކުރުމުގެ ޙައްޤުގެ ނިވަލުގައި، ޤާނޫނުއަސާސީއާއި ޤާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ޤާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ޙަރާކާތެއްގެ ގޮތުގައި ސިފަކުރައްވާކަމުގައެވެ.



އަދި އެތައް ރައްޔިތުނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ޙަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑަރޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.  އަދި މިއީ އެމްޑީޕީއިން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި ހުދު އެޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމުގައި ޤަބޫލުކުރައްވާ ކަމަށެވެ. އެގޮތުން މި ހަރަކާތް ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް ނައިބުރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

ސުލްޙަވެރި އިޙްތިޖާޖެއްގެ ނަމުގައި ޤައުމުގެ ސުލްޙަ މަސަލަސްކަން ނަގާލައި ހަލަބޮލިކުރުމަށް އެމްޑީޕީއިން ރޭ ކުރިއަށްގެންދިޔަ މި އެއްވުމާއި ގުޅިގެން އެޕާޓީއަށް ގިނަ ބަޔަކު ދަނީ އެކި ޕްލެޓްފޯމްތަކުގައި ފާޑު ކިޔަމުންނެވެ. 


Ads by MSS

މި ލިޔުން ކިޔާލުމުން