Ads by Stelco

ޚަބަރު

ގއ. ވިލިނގިލީގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ފަށައިފި

ގއ. ވިލިނގިލީގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ފަށައިފި

ވިލިނގިލީގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުން: ފޮޓޯ- ވިލިނގިލީ ކައުންސިލް

farudhun logo

ފަރުދުން

04 އޮކްޓޯބަރު 2025، 05:02

04 އޮކްޓޯބަރު 2025، 05:02

ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ގއ. ވިލިނގިލީގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.

ގއ.ވިލިނގިލީގައި ޕާސްޕޯޓްގެ ޚިދުމަތް ފެށުމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައި ވެއެވެ. ވިލިނގިލީ ޕާސްޕޯޓްގެ ޚިދުމަތް ފަށްޓަވައިދެއްވީ ގއ.އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝާހީންއެވެ. މިރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ބޭފުޅުންނާއި، ގއ. އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ އިތުރުން ވިލިނގިލީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.



ގއ. ވިލިނގިލީގައި މި ޚިދުމަތް ރަސްމީކޮށް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް އެ ރަށުން ނެގޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އިމިގްރޭޝަނުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ގއ. ވިލިނގިލީގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްދެއްވާފައިވާކަމަށެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން