Ads by Stelco

ޚަބަރު

ހަނިމާދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފި

ހަނިމާދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފި

އައިޑީ ކާޑެއް

farudhun logo

ފަރުދުން

04 އޮކްޓޯބަރު 2025، 04:51

04 އޮކްޓޯބަރު 2025، 04:51

ހދ. ހަނިމާދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފިއެވެ. 

ހަނިމާދޫގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމާއެކު އެރަށާއި އެ އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މާލެ ނައިސް އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި މި ސިޔާސަތުގެ ދަށުން، ހދ. ހަނިމާދޫގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް މިވަނީ ފަށާފައެވެ. 

މިއަހަރުގެ އޮގަސްޓްމަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހަނިމާދޫއަށް ވަޑައިގަތުމުން އެރަށު ކައުންސިލުން އެދުނީ، އެރަށުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށެވެ. އެ އެދުމަށް އިޖާބަދެއްވާ 39 ދުވަސްތެރޭ އެރަށުގައި ވަނީ އައިޑީކާޑުގެ ޚިދުމަތް ފަށާފައެވެ.

އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެގޮތުން އައިޑީކާޑުގެ ޚިދުމަތް ރާއްޖޭގެ 20 އަތޮޅެއްގެ 34 ރަށެއްގައި މިހާރުވަނީ ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން