Ads by Stelco

ޚަބަރު

އެމްޑީޕީން ހިންގަންއުޅޭ މުޒާހަރާއަކީ ބިނާކުރަނިވި މުޒާހާރާއެއް ނޫން، އެއީ ފަނާކުރަނިވި މުޒާހަރައެއް: ގާސިމް

އެމްޑީޕީން ހިންގަންއުޅޭ މުޒާހަރާއަކީ ބިނާކުރަނިވި މުޒާހާރާއެއް ނޫން، އެއީ ފަނާކުރަނިވި މުޒާހަރައެއް: ގާސިމް

ގާސިމް އިބްރާހިމް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 އޮކްޓޯބަރު 2025، 02:06

03 އޮކްޓޯބަރު 2025، 02:06

މިއަދު އެމްޑީޕީން ހިންގަންއުޅޭ މުޒާހަރާއަކީ ބިނާކުރަނިވި މުޒާހާރާއެއް ނޫންކަމަށާއި، އެއީ ފަނާކުރަނިވި މުޒާހަރައެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ މާލޭގައި ކުރުމަށް ނިންމާފައިވާ މުޒާހަރާއާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ، އެކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އެއްވެސް މީހަކު ބައިވެރިނުވުމަށް އެދޭކަމަށެވެ.

ގާސިމް ވިދާޅުވީ، އެ މުޒާހަރާއަކީ އިދިކޮޅު އެމްޑީޕީން ވެރިކަން ހޯދުމަށް ކުރާ ބޮޑު ނުބައި ޢަމަލެއް ކަމަށެވެ. އަދި  އެއީ ޤައުމު މިހާރު މިއޮތް ދަރަނިވެރި ޙާލަތުން އަރައިގަތުމަށް ކުރާ ކަމެއް ނޫންކަމަށާއި، އެއީ ޤައުމު ހަލަބޮލިކޮށް ފިތުނަވެރިކަން އުފައްދައިގެން ވެރިކަން ހޯދުމަށް ކުރާކަމެއްކަމަށް ގާސިމް ވިދާޅުވިއެވެ. ހަމަ އެހެންމެ، މި ސަރުކާރުން ކުރަންޖެހިފައިވާ ކަމަކީ އިސްވެދިޔަ ތިން ހަތަރު ސަރުކާރުން ނަގާފައިވާ ދަރަނިތައް ދެއްކުން ކަމަށާއި، ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑުބައި ޚަރަދުވަނީ އެކަމަށްކަމަށް ގާސިމް ވިދާޅުވިއެވެ.

މި ދަރަނިތައް ނުދެއްކިއްޖެނަމަ މުޅި ޤައުމު ބޭންކްރަޕްޓު ވާނެ. ވީމާ މިސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން އެގެންދަވަނީ.

ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އިސްވެދިޔަ 4 ސަރުކާރުން ވެސް ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި ޚިޔާނާތްތައް ވެފައިވާ ކަމަށެވެ. އަދި އެކަންކަމާމެދު އެ ސަރުކާރުތަކުން އަޅުއްވާފައިވަނީ ކޮން ފިޔަވަޅުތަކެއްތޯ ސުވާލުކުރައްވާ ގާސިމް ވިދާޅުވީ، އެއްކަމެއް ވެސް ކޮށްފައި ނުވާކަމަށެވެ. ނަމަވެސް، މި ސަރުކާރުން އެޔާ ޚިލާފަށް އެ ޢަމަލުތައް ހިންގާ ފަރާތްތައް ކުންފުނިތަކުން ވަކި ކުރައްވަމުން ގެންދަވާ މަންޒަރު ފެންނަކަމަށް ގާސިމް ވިދާޅުވިއެވެ. ހަމަ އެހެންމެ، އެފަދަ ޢަމަލުތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒޒު ފާޅުކަން ބޮޑު ގޮތެއްގައި ނަޞޭޙަތްތެރިވަމުންދާކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.

މި ސަރުކާރުން އެކަންކަން ތަހުޤީގު ކުރައްވަމުން އެބަ ގެންދަވާ ނޫންތޯ؟ ވީމާ މި މުޒާހަރާއިން ނިކުންނާނެ ނަތީޖާއަކީ  ޤައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލާ ރައްޔިތުން އިތުރަށް ދަރަނިވެރިކުރުވާ އިނދަޖައްސާލުން ނޫންބާ؟

ގާސިމް ވަނީ، ދިވެހި އެއްވެސް ރައްޔިތަކު މި މުޒާހަރާގައި ބައިވެރިނުވުމަށް ނަޞޭހަތްތެރިވެފައެވެ. އަދި މި ޤައުމުގެ އަމަންއަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށާއި، މިއީ މުޅި ޤައުމު އިނދަޖައްސަން ކުރާ ކަމެއްކަމުގައި ދެކިވަނޑައިގަންނަވާކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް، އެއީ އެއްވެސް ރައްޔިތަކަށް އޮތް ބާރެއް ނޫންކަމަށާއި، މިއީ ދީނީ ގޮތުންނާއި ޤާނޫނީގޮތުން ވެސް މިކަން އޮންނެވި ގޮތްކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން