Ads by Stelco

ޚަބަރު

ފެނަކައާ ގުޅޭގޮތުން މިހާތަނަށް ބެލި މައްސަލަތަކަށްފަހު 21 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އަންގާފައިވާނެ: އޭސީސީ

ފެނަކައާ ގުޅޭގޮތުން މިހާތަނަށް ބެލި މައްސަލަތަކަށްފަހު 21 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އަންގާފައިވާނެ: އޭސީސީ

އޭސީގެ ރައީސް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 އޮކްޓޯބަރު 2025، 08:55

02 އޮކްޓޯބަރު 2025، 08:55

ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭގޮތުން މިހާތަނަށް ބަލާފައިވާ މައްސަލަތަކަށްފަހު، އެ ކުންފުންޏަށް 21.4 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އަންގާފައިވާނެކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ހާމަކޮށްފިއެވެ.

ފެނަކައާ ގުޅޭ އޮޑިޓް ރިޕޯޓުތައް މިދިޔަ ހަފްތާ ހާމަކޮށްފައިވާއިރު، އެ ކުންފުނީގެ ގިނަ މައްސަލަތަކެއް ވަނީ އެ ރިޕޯޓުން ހާމަވެގެން ގޮސްފައެވެ. އޭގެ ތެރޭގައި ބިޑަށް ނުލައި ބިލިއަނުން ޕްރޮޖެކްޓުތައް ހަވާލުކުރުމާއި، ނުއަގުގައި މަސައްކަތްތައް ހަވާލުކުރުން ފަދަ ކަންކަން ހިމެނެއެވެ.

އޭސީސީން މިއަދު ހާމަކޮށްފައިވާ ގޮތުގައި ފެނަކައާ ގުޅޭ 161 މައްސަލައެއް ދަނީ ތަޙުޤީޤު ކުރަމުންނެވެ. އަދި ފައިސާ އަނބުރާ ހޯދުމަށް އަންގާފައި އެވަނީ އޭގެ ތެރެއިން ނިމުނު މައްސަލަތަކުގެކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. 

މީގެ އިތުރުން، ފެނަކައިގެ އޮޑިޓް ރިޕޯޓާ ގުޅިގެން، އެސީސީއަށް ތަހުޤީޤު ކުރުމުގެ އިޚްތިޞާޞް ލިބެނީ ކޮން މައްސަލަތަކެއްތޯ ބަލައި، ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ވެސް އޭސީސީން ހާމަކޮށްފައި ވެއެވެ. އަދި މީގެ ތެރެއިން ގިނަ މައްސަލަތައް މިހާރު ވެސް ބަލަމުންދާކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.

އެގޮތުން، ފެނަކައާ ގުޅޭ މައްސަލަތަކުގެ ތެރެއިން 13 މައްސަލައެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ އެކު ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފަށާފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން ފެނަކައާ ގުޅޭ ނުވަ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާކޮށް، އަދި އެއް މައްސަލައެއްގައި ހުކުމް އިއްވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ތަޙުޤީޤު ކުރި މައްސަލަތަކަށްފަހު 69 ކަމެއް އިސްލާހުކުރުމަށް ވެސް ފެނަކައަށް އަންގާފައި ވެއެވެ. އޭގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 49 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމަކާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމެއްގެ އިތުރުން، ކުންފުނިން އަމިއްލަ ތަހުޤީޤުކުރުމަށް  8 ކަމެއް ފާހަގަކޮށްފައި ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން