Ads by Stelco

ޚަބަރު

ކަޒަކިސްތާނާއި މޮރީޝަސްއަށް ސަފީރުން އައްޔަން ކުރެއްވުމުގެ މައްސަލަ މަޖިލީހަށް

ކަޒަކިސްތާނާއި މޮރީޝަސްއަށް ސަފީރުން އައްޔަން ކުރެއްވުމުގެ މައްސަލަ މަޖިލީހަށް

ސަފީރު އައިޝަތު އަޒީމާ އަދި، ސަފީރު މަސްޢޫދު އިމާދު

farudhun logo

ފަރުދުން

02 އޮކްޓޯބަރު 2025، 11:47

02 އޮކްޓޯބަރު 2025، 11:47

ދެ ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ ކަޒަކިސްތާނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް، އިންޑިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އައްޔަން ކުރެއްވުމަށެވެ. އަދި މޮރިޝަސްއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް ސްރީލަންކާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު އައްޔަން ކުރެއްވުމަށް ވަނީ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި ސިޓީ ރިޔާސަތުން މިއަދު ވަނީ އިއްވާފައެވެ. އެ ސިޓީގައި ވަނީ ދެ ގައުމަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ރުހުން ދެއްވުމަށެވެ. ދިވެހިރާއްޖޭން ކަޒަކިސްތާނާއި މޮރީޝަސްއަށް ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެއްވުމުގެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން