Ads by Stelco

ޚަބަރު

އދ. ދިއްދޫއާއި މަންދޫގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އދ. ދިއްދޫއާއި މަންދޫގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އދ. ދިއްދޫއާއި މަންދޫގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރުން: ފޮޓޯ އެމްޓީސީސީ

farudhun logo

ފަރުދުން

01 އޮކްޓޯބަރު 2025، 07:09

01 އޮކްޓޯބަރު 2025، 07:09

އދ. ދިއްދޫ އަދި އެ އަތޮޅުގެ މަންދޫގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތަކާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގައެވެ. މި ދެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސަޢުދީއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.



ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއ،ި ކޮންކްރީޓް މަސައްކަތްތަކާއ،ި ވަށާފާރު ރޭނުމާއި، އަދި ދަނޑަށް ބޭނުންވާ އިލެކްޓްރިކަލް މަސައްކަތްތައް ހިމެނެއެވެ. މި މަޝްރޫއު ނިންމުމަށް 1.74 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރެވިފައިވާއިރު، 120 ދުވަސްތެރޭގައި މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.



މިއީ މި ދެރަށުގެ ޒުވާނުންނަށް ބޭނުންތެރި މުހިންމު މަޝްރޫޢެކެވެ. އެގޮތުން ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ފެންވަރު ރަނގަޅު ފުޓްސަލް ދަނޑާއި ވޮލީކޯޓާއި ހޭންޑްބޯލް ކޯޓުތަށް ނެތް ރަށްރަށުގައި ޤާއިމް ކޮށްދެއްވުމަކީ ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަންތައްތަކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން