ވިޔަފާރި / ޚަބަރު

ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަނީ

ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަނީ

"އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025"

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޮކްޓޯބަރު 2025، 01:39

01 އޮކްޓޯބަރު 2025، 01:39

ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ވަރަށް އަވަހަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުފާވެރި ޚަބަރު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ދެއްވައިފި އެވެ. އެމަނިކުފާނު މި ޚަބަރު ދެއްވީ، ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާ "އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025" ފަށަން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ، އިދާރީ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ އިދާރާތަކަށް އާއްމުން ކުރާ އިތުބާރު ދެމެހެއްޓުމުގައި އިންޓާނަލް އޮޑިޓަރުންގެ ދައުރު ބޮޑު ކަމަށެވެ. އަދި އިންޓާނަލް އޮޑިޓަރުންނަށް މަސައްކަތުގައި ތަފާތު ގޮންޖެހުންތައް ހުރިކަން އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި މިއަދުގެ ސަރުކާރުން އެކަންކަމަށް ހާއްސަ އިސްކަމެެއް ދީގެން، އެކަންކަން ހައްލުކުރުމަށް މި ދަނީ މަސައްކަތް ކުރަމުން. އެގޮތުން މިހާރު ވަނީ އިންޓާނަލް އޮޑިޓަރުންނަށް ހާއްސަ އޮނިގަނޑެއް އެކުލަވާލެވިފައި. އަދި ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުފާވެރި ޚަބަރު އަޅުގަނޑު ހިއްސާކޮށްލަން،  

ނައިބު ރައީސް
މިއަދުގެ ރަސްމިއްޔާތުގައި ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމިޓީގެ ޗެއާޕާސަން އާމިނަތު ރީމާ ރަޝީދު ވަނީ، އިންޓާނަލް އޮޑިޓް ކޮމިޓީއަށް ކުރިމަތިވާ ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ފަންނީ ގާބިލުކަން ހުރި މުވައްޒަފުން ހޯދުމުގައި އޮތް ދަތިކަމާއި، ދައުލަތުގެ ޗީފް އިންޓާނަލް އޮޑިޓާގެ މަގާމަށް އެކަށީގެންވާ ފަރާތެއް އައްޔަން ނުކުރެވި ގިނަ ދުވަސް ވެފައިވާކަން ރީމާ ރަޝީދު ފާހަގަކުރެއްވި އެވެ.

ދެ ދުވަހަށް ކުރިއަށް ގެންދާ އިންޓާނަލް އޮޑިޓް ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ "ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީކުރުވުމުގައި އިންޓާނަލް އޮޑިޓްގެ ދައުރާއި އާއްމު މަސްލަހަތު ކުރިއެރުން" އެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީގެ ރިސްކް މެނޭޖްމެންޓް ފްރޭމްވޯކް ވެސް ވަނީ އިފްތިތާހުކޮށްފަ އެވެ. މި ފްރޭމްވޯކް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން