Ads by Stelco

ޚަބަރު

ސަލްމާން މިސްކިތުގެ އިސްލާމިކް ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފި

ސަލްމާން މިސްކިތުގެ އިސްލާމިކް ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފި

ސަލްމާން މިސްކިތުގެ އިސްލާމިކް ލައިބްރަރީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޮކްޓޯބަރު 2025، 01:17

01 އޮކްޓޯބަރު 2025، 01:17

މާލޭ ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ އިސްލާމިކް ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތު މިއަދުން ފެށިގެން އިތުރުކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިބަދަލާއެކު މިލައިބްރަރީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ރޭގަނޑު 9:30 އަށް ހުޅުވިފައި ހުންނާނެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރެއްވި ގޮތުގައި، ކުރިން މި ލައިބްރަރީ ހުޅުވާފައި ހުންނަނީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ. ނަމަވެސް މިއަދުން ފެށިގެން އެތަން ހެނދުނު 8:30 ން ރޭގަނޑު 9:30 އަށް ހުޅުވާފައި ހުރުމުގެ ސަބަބުން، އިސްލާމީ ޢިލްމު ހޯދަން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.

ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމުކޮށްފައިވާ މި އިސްލާމިކް ލައިބްރަރީއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ލައިބްރަރީއެވެ. މިތަނުގައި 10,000 އަށްވުރެ ގިނަ ފޮތް ހުރެއެވެ. އަދި އަދަބިއްޔާތާއި، ފިޤުހާއި، ސުންނަތާއި، އިސްލާމީ ތާރީޚާއި، އިސްލާމީ މާލިއްޔަތާއި، ޙަދީޘްގެ ޢިލްމާ ގުޅުންހުރި ގިނަ އަދަދެއްގެ ފޮތްތައް މި ލައިބްރަރީން ލިބެން ހުރެއެވެ.

މީގެ އިތުރުން، މި އިސްލާމީ ލައިބްރަރީގައި ދިވެހި، އިނގިރޭސި، ޢަރަބި އަދި ޢުރުދޫ ބަހުން ފޮތް ލިބެން ހުރެއެވެ. މަޝްހޫރު ޙަދީޘް ޢިލްމުވެރިންގެ ފޮތްތަކާއި، ފިޤުހާއި އުޞޫލުލް ފިޤުހާއި، އިސްލާމީ ތާރީޚާއި، ތަފްސީރު ޢިލްމާ ބެހޭ ގިނަ ފޮތްތައް ވެސް މިތަނުގައި ހިމެނެއެވެ.

މި ލައިބްރަރީގައި އޮންލައިންކޮށްވެސް ފޮތް ކިޔޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އީ-ލައިބްރަރީއަށް ވަނުމަށްފަހު އެކި މަޢުޟޫތަކުން ބޭނުން ފޮތެއް ކިޔާލެވޭނެއެވެ. އީ-ލައިބްރަރީގައި ވެސް ގިނަ ދާއިރާތަކެއްގެ އީ-ފޮތް ކިޔެން ހުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން