ޚަބަރު
އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ "އުފާވެރި ރާސްތާ" ޕްރޮގްރާމް ބާއްވަނީ

އިސްރަށްވެހިންތަކެއް ވިލިމާލޭގައި / ފޮޓޯ: އިންޓަނެޓް

ފަރުދުން
01 އޮކްޓޯބަރު 2025، 10:46
01 އޮކްޓޯބަރު 2025، 10:46
ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން، އިސްރަށްވެހިންނަށް ޚާއްޞަ "އުފާވެރި ރާސްތާ" ޕްރޮގްރާމް 8 އަތޮޅެއްގައި ބޭއްވުމަށް ނިންމައިފިއެވެ.
މިއަދު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ އެއް ބޭނުމަކީ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު އެ މީހުންނަށް ހޯދައިދިނުމެވެ.
ލ. މާމެންދޫ، ގއ. ދާންދޫ، ހދ. ކުރިނބީ، ށ. މިލަންދޫ، ރ. އިނގުރައިދޫ، ނ. މަނަދޫ، ކ. ތުލުސްދޫ އަދި ހއ. ކެލާގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެންނެވެ.
އިޖުތިމާޢީ އަދި ސިއްޙީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އުމުރުން ދުވަސްވީ މީހުންނަށް ކިޔަދިނުމަކީ ވެސް މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ ކަމެކެވެ. އަދި އިސްރަށްވެހިން އެކަކު އަނެކަކާ ބައްދަލުވެ، ވާހަކަ ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
ހަމައެހެންމެ، އިސްރަށްވެހިންގެ ތަޖުރިބާތައް މި ޖީލުގެ ޒުވާނުންނަށް ޙިއްސާ ކުރުން ވެސް މި ޕްރޮގްރާމުގެ ތެރެއިން ކުރިޔަށް ގެންދާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.