Ads by Stelco

ޚަބަރު

ޤުރުއާން ހިތުދަސްކޮށް ނިންމާ ޙާފިޡުންނަށް ބުރުޒު ކޭޓަރިން އިން ޚާއްޞަ އިނާމެއް

ޤުރުއާން ހިތުދަސްކޮށް ނިންމާ ޙާފިޡުންނަށް ބުރުޒު ކޭޓަރިން އިން ޚާއްޞަ އިނާމެއް

ވައުޗަރ ދިނުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 ސެޕްޓެމްބަރު 2025، 02:54

30 ސެޕްޓެމްބަރު 2025، 02:54

ޤުރުއާން ހިތުދަސްކޮށް އިމްތިޙާނު ނިންމާ ޙާފިޡުންނަށް، ބުރުޒު ކޭޓަރިންގެ ފަރާތުން ޚާއްޞަ އިނާމެއްގެ ގޮތުގައި 'ޑިނަރ ވައުޗަރ' އެއް ދޭން ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން މި ވައުޗަރ ދޭން ފަށާފައިވާއިރު މި ވައުޗަރގެ ދަށުން ޙާފިޡާއި 2 ބެލެނިވެރިންނަށް ބައިވެރިވެވޭނެ އިންތިޒާމް އެ ފަރާތުން ހަމަޖައްސަވާފައިވާ ކަމަށެވެ. މީގެ އިތުރުން، ބުރުޒު ކޭޓަރިންގ އިން ޙާފިޡުންނަށް %10 ޑިސްކައުންޓް ލިބޭ ވައުޗަރެއް ދޭން ފަށާފައިވާއިރު މި ވައުޗަރު 30 ދުވަހާއި ހަމައަށް ބޭނުން ކުރެވޭނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ކީރިތި ޤުރުއާން ހިތުދަސް ޙާފިޡުންގެ އަދަދު އިތުރުކުރުމާއި ޙާފިޡުންގެ އަގުވަޒަން ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭކަމެކެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ޙާފިޡުންނަށް ދެމުންދާ އެލަވަންސް ދެގުނައަށް ބޮޑުކޮށް އެލަވަންސްގެ ގޮތުގައި 4،000 ރުފިޔާ ވަނީ ދޭން ފަށައިފައެވެ.

ބުރުޒު ކޭޓަރިންގ ގެ މި ނިންމެވުމާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އެ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން