Ads by Stelco

ޚަބަރު

ޓްރެފިކް ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ޚާއްޞަ ފޯރަމެއް

ޓްރެފިކް ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ޚާއްޞަ ފޯރަމެއް

ޓްރެފިކް ޕޮލިސް ފޯރަމް 2025ގެ ތެރެއިން: ފޮޓޯ- ދިވެހި ފުލުހުންގެ ޚިދުމަތް

farudhun logo

ފަރުދުން

30 ސެޕްޓެމްބަރު 2025، 11:05

30 ސެޕްޓެމްބަރު 2025، 11:05

ޓްރެފިކް ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ބާއްވާ ޚާއްޞަ ފޯރަމް، ޓްރެފިކް ޕޮލިސް ފޯރަމް 2025 ފަށައިފިއެވެ.

މި ފޯރަމަކީ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން ކުރިއަށްގެންދާ ފޯރަމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްގެ މަގުސަދަކީ މާލެ ސިޓީ ސަރަހައްދުގައި ޓްރެފިކް ފުލުހުންގެ މަސައްކަތްތައް ހަރުދަނާކޮށް ރައްޔިތުން އެދޭފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމާއި ޓްރެފިކް މެނޭޖުކޮށް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެފަދަ ކަންކަން ހައްލުކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތައް ދެނެގަތުން ކަމަށް ފުލުހުން ވިދާޅުވިއެވެެ.

ފުލުހުން ވިދާޅުވީ، މީގެ އިތުރުން މި ފޯރަމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް ބަދަލުކުރެވޭ މައުލޫމާތުތަކުގެ އަލީގައި، އުންމީދުކުރާ ނަތީޖާ ހާސިލުކުރުމުގެ ގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި ހުރި މުހިންމު ގޮންޖެހުންތައް ދެނެގަންނަން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި މަގުތަކަށް ގެނެވޭނެ ބަދަލުތައް ދެނެގަތުމާއި ޓްރެފިކް އޮޕަރޭޝަންތަކަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި، ޤަވާއިދާ ޚިލާފަށް ހުންނަ އުޅަނދުތައް ޓޯވކުރުމާއި ޤަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގައި އަމަލުކުރެވިދާނެ އިތުރު ހަރުދަނާ ނިޒާމެއް ދެނެގަނެ ، އެކްސިޑެންޓް ސީންއެއް ރައްކާތެރިކޮށް ކޯޑިނޭޓްކުރުމުގައި ގެންގުޅެވިދާނެ ހަރުދަނާ ނިޒާމެއް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން