Ads by Stelco

ޚަބަރު

ފެނަކައިގެ ކޮރަޕްޝަން މައްސަލައަށް ކުރީގެ ރައީސް ދީފައިވަނީ ބީރު ކަންފަތެއް: ވަޒީރު ސަޢީދު

ފެނަކައިގެ ކޮރަޕްޝަން މައްސަލައަށް ކުރީގެ ރައީސް ދީފައިވަނީ ބީރު ކަންފަތެއް: ވަޒީރު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު: ފޮޓޯ- ޕީއެސްއެމް

farudhun logo

ފަރުދުން

29 ސެޕްޓެމްބަރު 2025، 01:14

29 ސެޕްޓެމްބަރު 2025، 01:14

ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ އެތައް ބިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައަށް ލިޔެކިއުމުން ކަންބޮޑުވުން ފާޅުކުރުމުންވެސް ކުރީގެ ރައީސް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު  ދެއްވީ ބީރު ކަންފަތެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ފެނަކައިގެން ބޮޑު ޚިޔާނާތާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީީ އެމްޑީޕީން އަންޔަނު ކުރެއްވި ބޭފުޅުން ހިމެނޭ ބޯޑުން ރައީސްގެ ސަމާލުކަމަށް އެމައްސަލަ ގެންނަވާފައިވާކަމަށެވެ. އެގޮތުން އެކުންފުނީގައި ކޮރަޕްޝަން ހިންގާ ކަމަށާއި،  ކަންބޮޑުވާން ޖެހޭ ވަރަށް ޚިޔާނާތް ވަމުންދާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ސަމާލުވާން ޖެހޭކަން ފާހަގަކޮށް އެމަނިކުފާނަށް އޭރުގެ ފެނަކައިގެ ރައީސް ހުދާކަޅުން ލިޔުމުން ސިޓީއެއް ފޮނުއްވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، މި ސިޓީ ފޮނުވާފައިވާކަމާއި ފިޔަވަޅެއް ނާޅުއްވާ، ބީރު ކަންފަތެއް ދެއްވާފައިވާކަން މިހާރު ހާމަވެފައިވާކަމަށެވެ. އެހެންކަމުން މިކަމާ ގުޅިގެން ހަނު ނުހުންނެވޭނެ ކަމަށާއި ބަސްވިދާޅުވެ ޖަވާބުދާރީ ވުމަށް ކުރީގެ ރައީސް ޞާލިޙަށް ވަޒީރު ގޮވާލެއްވިއެވެ. އަދި މިކަމަކީ އެމަނިކުފާނަށް ދެކޮޅު ހެއްދެވޭނެ ކަމެއް ނޫންކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.  ފެނަކައިގެ ތެރެއިން އެތައް ބިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހަމަވެގެން ދިޔައީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެކުންފުނީގެ އޮޑިޓް ރިޕޯޓުންނެވެ. މި ރިޕޯޓުން އެނގޭ ގޮތުގައި ސަރުކާރުގެ ތެރޭގައި ތިބި ބައެއް ފަރާތްތަކަށްވެސް އެކަމުގެ ފައިދާ ވެފައިވެއެވެ. ހަމައެއާއެކު ބޮޑު ޚިޔާނާތުގެ މައްސަލައެއް ހިނގާކަން އެނގިތިބެމެ ފިޔަވަޅެއް އެސަރުކާރުން އަޅާފައެވެސް ނުވެއެވެ. ވަޒީރު އިތުރަށް ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ފެނަކަ ހިމެނޭހެން އެތައް ކުންފުންޏެއް ބޮޑެތި އަދަދު ތަކުން ދަރާފައިވާކަމަށާއި ކަމަށާއި، އެދަރަނީގެ އިތުރަށް 8 ބިލިޔަން ރުފިޔާ ޗާޕް ކޮށްފައިވާކަމަށެވެ. 

ވަޒީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުގައިމަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެމެ ބެލުނު އެއްވެސް މައްސަލައެއް ނެތްކަމަށާއި އެމްއެމްޕީއާރުސީީގެ ބޮޮޑު ޚިޔާނާތުގެ މައްސަލަވެސް ޑީލެއްގެ ތެރެއިން އޮއްބާލީ ކަމަށެވެ. އެހެންކަމުން ވައްކަމާ ލޫޓުވުން ގިނަވެގެން އެކަން ހުއްޓުވަން އައި ވެރިކަމުން ޤައުމު އިތުރަށް ދަރަނިވެރި ކޮށްލިކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. 

ރައީސް ސާލިހް ކުރެއްވި ކަމަކީ، ރައީސް އޮފީހަށް ވަދެވަޑައިގެން އެއްކޮޅުގަ ބެހެއްޓެވި ފައިސާ ޗާޕު ކުރާ މެޝިނެއް، އަނެއް ކޮޅުގަ ދޮންނަ މެޝިނެއް. އެއީ ފެނަކަ. މިކޮޅުގަ 8 ބިލިއަން ޗާޕު ކުރަމުން ރަށްރަށުގަ ސާލިޙްގެ ބާރުވެރިކަން އަންނާނެ ގޮތަކަށް ނިޒާމު އިންތިޒާމު ކުރަމުން ދިޔައީ.

ވަޒީރު ވިދާޅުވީ އަބަދުވެސް އެމްޑީޕީން ޑިމޮކްރެޓިކް ސިފަ ޖައްސެވި ނަމަވެސް ވެރިކަމާ ހަވާލުވީ ދެފަހަރުވެސް ޢަމަލުތަށް އެއާ ޚިލާފު ކަމުގައެވެ. އެގޮތުން މިދިޔަ ސަރުކާރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ނުއަގުގައި ގިނަ ޢަދަދެއްގެ މަޝްރޫޢުތައް އެކި ކުންފުނިތަކާ ހަވާލުކުރީ އޭގެ ތެރެއިން ނަހަމަ ފައިދާތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. ހަމައެއާއެކު ފައިސާ ދެއްކޭނެ ގޮތެއް، ޕްލޭނެއް ނެތި ގޯތިިތަކާއި ފްލެޓުގެ އިތުރުން މޫދާ ފަޅުން ބިންތައް ދޫކޮށްލިކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މި ހުރިހާ ކަންކަން ހަމައަކަށް އަޅުއްވާ، ރައްޔިތުން އެދޭގޮތަށް ކަންކަން ކުރެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ދާކަމަށް ވަޒީރުވަނީ ފާހަގަ ކުރައްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން