Ads by Stelco

ޚަބަރު

އިސްރާއީލުގެ ބޮޑުވަޒީރު ވާހަކަދައްކަން ފެށުމާއެކު ދިވެހި ވަފްދު, ހޯލު ދޫކޮށް ނުކުމެއްޖެ

އިސްރާއީލުގެ ބޮޑުވަޒީރު ވާހަކަދައްކަން ފެށުމާއެކު ދިވެހި ވަފްދު, ހޯލު ދޫކޮށް ނުކުމެއްޖެ

އދގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަން ކުރިއަށްދާ ހޯލު

farudhun logo

ފަރުދުން

26 ސެޕްޓެމްބަރު 2025، 08:35

26 ސެޕްޓެމްބަރު 2025، 08:35

އދގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު ދިވެހި ވަފްދު، އެ ހޯލު ދޫކޮށް ނުކުމެއްޖެއެވެ.

 ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު ތަޤުރީރުކުރަން ފެށުމާއެކު އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވަމުންދިޔަ ދިވެހި ވަފުދު އެ ހޯލު ދޫކޮށް ބޭރަށް ނުކުމެފައިވާކަމަށެވެ. ހަމައެއާއެކު ދިވެހިރާއްޖެން އަބަދުވެސް ފަލަސްޠީނު ރައްޔިތުންގެ ޙައްގުގައި ވަކާލާތުކުރުމުގައި ދެމިތިބޭނެ ކަމަށްވެސް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. 


މިދިޔަ އަހަރު ކުރިއަށްދިޔަ އދގެ އާންމު މަޖިލީހުގައިވެސް ދިވެހި ވަފުދު ވަނީ، އިސްރާއީލުގެ ބޮޑުވަޒީރު ވާހަކަދައްކަން ފެށުމުން އދގެ މައި މަރުކަޒުގެ ހޯލް ދޫކޮށް ނިކުމެފައެވެ.

އިސްރާއީލުން ކެނޑިނޭޅި ޣައްޒާގެ ކުށެއްނެތް އާއްމު ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކާއި، ތަޙައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ އިތުރަށް ފުޅާވިޔަނުދީ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރު ކުރުމަށާއި، ޤައުމުތަކުން އެކުވެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ދަނީ އެކި ބައްދަލުވުންތަކުގައި ގޮވާލަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން