ޚަބަރު
ޝާކިރަށް 'ޝަރަފުވެރި ރާވީ'ގެ މަޤާމުގެ އެވޯޑު ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

ޝާކިރަށް 'ޝަރަފުވެރި ރާވީ'ގެ މަޤާމުގެ އެވޯޑު ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވި

ފަރުދުން
26 ސެޕްޓެމްބަރު 2025، 06:39
26 ސެޕްޓެމްބަރު 2025، 06:39
ޝާރިޖާގެ އަމީރުގެ އަތްޕުޅުން 'ޝަރަފުވެރި ރާވީ'ގެ މަޤާމުގެ އެވޯޑު ލިބިވަޑައިގަތުމާ ގުޅިގެން ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޔޫއޭއީގެ ޝާރިޖާގައި ބޭއްވި އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމް 2025ގައި ދިވެހި ޤައުމިއްޔަތުގެ ތާރީޚުގެ އިސްވާރު ކާށިމާ އަޙްމަދު ޝާކިރަށް ވަނީ ޝަރަފުވެރި ރާވީގެ އެވޯޑް ލިބިވަޑައިގެންފައެވެ. މި އެވޯޑު ޝާކިރަށް ހަވާލުކުރެއްވީ ޝާރިޖާގެ އަމީރު، ޞާޙިބުއްސުމުއްވު އައްޝައިޚު އައްދުކްތޫރު މުޙައްމަދު ބިން ޞުލްޠާނު އަލްޤާސިމީއެވެ.
ކަށިމާ އަޙްމަދު ޝާކިރުުގެ މި ކާމިޔާބީ ފާހަގަ ކުރައްވާ، މަރުހަބާ ދެންނެވުމަށް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޔޫއޭއީގެ ޝާރިޖާގެ އިންސްޓިޓިއުޓު ފޮރ ހެރިޓޭޖުން އިންތިޒާމުކުރައްވައިގެން ބޭއްވެވި، ޝާރިޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމް (2025)ގެ ޝަރަފުވެރި ރާވީގެ މަގާމު ޙާޞިލްކުރައްވައި، ޝާރިޖާގެ ޢިއްޒަތްތެރި އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚު އައްދުކްތޫރު މުޙައްމަދު ބިން ޞުލްޠާނު އަލްޤާސިމީގެ އަތްޕުޅުން މި ފަޚްރުވެެރި އެވޯޑު ލިބިވަޑައިގަތްކަމަށް ޓަކައި، ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރު، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.
ޔޫއޭއީގެ ޝާރިޖާގެ އިންސްޓިޓިއުޓު ފޮރ ހެރިޓޭޖުން އިންތިޒާމުކުރައްވައިގެން ބޭއްވެވި، ޝާރިޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމް (2025)ގެ ޝަރަފުވެރި ރާވީގެ މަގާމު ޙާޞިލްކުރައްވައި، ޝާރިޖާގެ ޢިއްޒަތްތެރި އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚު އައްދުކްތޫރު މުޙައްމަދު ބިން ޞުލްޠާނު… pic.twitter.com/YvQmssoZkv
— Dr Mohamed Muizzu (@MMuizzu) September 26, 2025
ކަށިމާ ޝާކިރަކީ ދިވެހި ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެތައް ބޭފުޅުންނެއްގެ ހަޔާތުނާމާތައް ޝާކިރު ލިޔުއްވާފައިވެއެވެ. ޝާކިރަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.