Ads by Stelco

ޚަބަރު

ފެމިލީ ކޯޓަށް ފަނޑިޔާރަކު ހޯދަން އިޢުލާނުކޮށްފި

ފެމިލީ ކޯޓަށް ފަނޑިޔާރަކު ހޯދަން އިޢުލާނުކޮށްފި

ފެމިލީ ކޯޓް. ފޮޓޯ: އެޓޯލް ޓައިމްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ސެޕްޓެމްބަރު 2025، 06:46

25 ސެޕްޓެމްބަރު 2025، 06:46

ފެމިލީ ކޯޓަށް ފަނޑިޔާރަކު ހޯދުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޢުލާނު ކޮށްފިއެވެ.

 މި އިޢުލާނު ކޮށްފައިވަނީ އެ ކޯޓުގެ އިސްޤާޒީ އިބްރާހިމް މާހިރު ހައިކޯޓަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 37,000 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 18,000 ރުފިޔާ ލިބިދެވޭނެއެވެ. މީގެއިތުރުން، ރިސްކް އެލަވަންސްގެ ގޮތުގައި 3,300 ރުފިޔާ ލިބިދެވޭނެ ކަމަށް ޖޭއެސްސީން މަޢުލޫމާތު ދެއްވާފައިވެއެވެ.

އަދި މެޑިކަލް އިންޝުއަރެންސް އާއި ފޯން އެލަވަންސް ވެސް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބިދެވޭނެ ކަމަށް ޖޭއެސްސީން ހާމަކުރައްވާފައިވެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް އޮކްޓޯބަރު 2 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.

ފެމިލީ ކޯޓަކީ ޢާއިލީ މައްސަލަތައް ބަލާ ޝަރުޢީ ކޯޓު ކަމަށްވެފައި، މި ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހޮވޭ ފަރާތުން ޢާއިލީ މައްސަލަތައް ބެލުމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން