Ads by Stelco

ޚަބަރު

ވީއައިއޭގެ އައު ޓާމިނަލްއިން އިންޑިގޯ އެއަރލައިންއަށް ޚިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އައު ޓާމިނަލްއިން އިންޑިގޯ އެއަރލައިންއަށް ޚިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އައު ޓާމިނަލްއިން އިންޑިގޯ އެއަރލައިންއަށް ޚިދުމަތް ދޭން ފެށުން

farudhun logo

ފަރުދުން

25 ސެޕްޓެމްބަރު 2025، 11:39

25 ސެޕްޓެމްބަރު 2025، 11:39

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ ޓަރމިނަލް 1އިން އިންޑިގޯއަށް ޚިދުމަތް ދޭން ފަށައިފިއެވެ. 

މިއަހަރުގެ ޖުލައި 26ވަނަ ދުވަހު ހުޅުވިގެންދިޔަ ވީއައިއޭގެ އައު ޓަރމިނަލްއާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޚިދުމަތްތައް އަންނަނީ މި ޓަރމިނަލަށް ބަދަލުކުރަމުންނެވެ. އެގޮތުން އިންޑިއާގެ އެއަރލައިންއެން ކަމުގައިވާ އިންޑީގޯ އެއަލައިންއަށް އެ ޓަރމިނަލުން މިހާރު ވަނީ ޚިދުމަތްދޭން ފަށާފައެވެ.



އިންޑިގޯއަށް ޓާމިނަލް 1 އިން ޚިދުމަތްދޭން ފެށުން ފާހަގަކުރުމަށް އެއަރޕޯޓްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން މި ފްލައިޓަށް ވޯޓަރ ސެލިއުޓެއް ދީފައިވާއިރު ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔާފައިވަނީ ރަތް ފިނިފެންމަލުންނެވެ.



އިންޑިގޯ އެއަރލައިނުން 2017 ވަނަ އަހަރުން ފެށިގެން އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އިންޑިއާއަކީ މިހާރު ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އިންޑިގޯއަކީ ވީއައިއޭގެ ޓާމިނަލް 1 އިން ޚިދުމަތްދޭން ފެށި 8 ވަނަ އެއަރލައިނެވެ. ޓާމިނަލް 1 އިން ޚިދުމަތްދެމުން އަންނަ އެހެން އެއަރލައިންތަކަކީ ޤައުމީ އެއަރލައިން މޯލްޑިވިއަން، އެއަރ އަރަބިއާ، ބިއޯންޑް، ފިޓްސް އެއަރ، ބެއިޖިންގް ކެޕިޓަލް އެއަރލައިންސް، ބަޓިކް އެއަރ އަދި ބެންކޮކް އެއަރވޭސްއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން