Ads by Stelco

ޚަބަރު

"މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން" ތަންފީޒުކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި

"މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން" ތަންފީޒުކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

22 ސެޕްޓެމްބަރު 2025، 03:17

22 ސެޕްޓެމްބަރު 2025، 03:17

"މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން" ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފިއެވެ. 

ރައީސް އޮފީހުން ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މި ކައުންސިލް އުފައްދަވާފައިވަނީ "މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރު ގާއިމުކުރެއްވުމާ ގުޅޭގޮތުން ތައްޔާރުކުރައްވާފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރެއްވުމުގެ މަސައްކަތްތައް ފަހިކޮށްދީ އެކަމަށް ލަފާދެއްވައި، އެ މަސައްކަތްތައް ބެލެހެއްޓެވުމުގެ މަޤްޞަދުގައި ކަމަށެވެ. ހަމައެއާއެކު، މިއަދު  އުފެދިގެންދިޔަ މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް އެ އޮފީހުން ވިދާޅުވެފައި ވެއެވެ. 

މޯލްޑިވްސް 2.0 އަކީ ޑިޖިޓަލް ދާއިރާއިން، ދިވެހިރާއްޖެއަށް އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކެއް ގެނައުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕުރޮގުރާމެކެވެ. މި ބަދަލުތަކުގެ ތެރެއިން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ދެފުށްފެންނަ، ހަލުވި އަދި ރައްކާތެރި ޚިދުމަތްތަކަކަށް ހަދައި، ދައުލަތުގެ ޚިދުމަތްތަކާއި މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން