Ads by Stelco

ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ޖީޕީ ކްލިނިކްގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ޖީޕީ ކްލިނިކްގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ޖީޕީ ކްލިނިކް

farudhun logo

ފަރުދުން

22 ސެޕްޓެމްބަރު 2025، 12:25

22 ސެޕްޓެމްބަރު 2025، 12:25

ހުޅުމާލެ ފޭސް 2 ގައި ޤާއިމްކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލްްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރު ޚިދުމަތްދިނުމަށް ނިންމައިފިއެވެ. 

މާލޭ ސިޓީ ގްރޫޕޮ އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި ޤާއިމްކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލްްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރު ޚިދުމަތްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، ރެއިން ފެށިގެން 24 ގަޑިއިރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. 

ޙަލީމް ހިއްސާކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ޤައުމީ ސިޔާސަތާ އެއްގޮތަށް، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ކުރިން އެންމެ ޝިފްޓެއްގައި ހިންގަމުން އައި މި ކްލިނިކް، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ދެ ޝިފްޓަށް ފުޅާކުރެވިފައިވާކަމަށެވެ. އަދި ރެއިން ފެށިގެން މި ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރު ޚިދުމަތް ލިބޭނެެ ކަމަށްވެސް އޭނާ  ވިދާޅުވިއެވެ. 



 މި ކަމުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޙަލީމް ވިދާޅުވިއެވެ. މި ފިޔަވަޅުގެ ސަބަބުން މި ސަރަޙައްދުގެ ކޮންމެ ޢާއިލާއަކަށްވެސް އުންމީދާއި، ހިތްހަމަޖެހުމާއި، އިތުބާރުހުރި ޞިއްޙީ ފަރުވާ ގާތުން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. 

ހުޅުމާލެ ހޮސްޕިޓަލަށް ބާރު ބޮޑުވެ، ޚިދުމަތް ދިނުމަށް ކުރިމަތިވާ ދަތިތަށް ކުޑަކުރުމަށް ހިޔާ ފްލެޓް 16 ވަނަ ޓަވަރުގައި ޖީޕީ ކްލިނިކް ހުޅުވީ ޖެނުއަރީ، 2023 ގަ އެވެ. އެ ތަނުން އާއްމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި ވެކްސިން ޖެހުމާއި ޓެސްޓުތައްވެސް ހެދުމުގެ ޚިދުމަތް ލިބެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން