ޚަބަރު
އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑުނީ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި

ސްޓެލްކޯ
ހޮނިހިރު ދުވަހުގެރޭ ދަންވަރު 30 ހާއިރު، ހުޅުމްލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތަކުންނާއި، އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ، ހުޅުމާވޭ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާރިގެ ބައެއް އޮފްވެގެން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
މިކަމާއި ގުޅިގެން މެދުކެނޑުނު ކަރަންޓުގެ ޚިދުމަތް އަނބުރާ ދެވިފައިވަނީ ފަތީހު 4:56 ހާއިރު ކަމަށާއި، އެސަބްސްޓޭޝަނަށް ގެއްލުންދިން މައްސަލަ ކަމާ ބެހޭ ފަރާތަށް ހުށައަޅާ މިފަދަ ހާދިސްތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރްތްތަކުގެ ސަމާލުކަމަށް ގެނައުމަށް މިކުންފުނިންދަނީ މަސައްކަތްކުރަމުންކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މުޖުތަމައުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ, އަދި އަމިއްލަ ފުރާނައަށްވެސް ނުރައްކާތެރި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަށް ހުއްޓުވުމަށާއި، ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާ ކުރަމުން ގެންދިއުމަކީ އެކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
އަދި މިކަމުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަމަށް އެކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.