Ads by Stelco

ޚަބަރު

ފީއަލީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް އަފާމީ މޯލްޑިވްސްއާއި ހަވާލުކޮށްފި

ފީއަލީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް އަފާމީ މޯލްޑިވްސްއާއި ހަވާލުކޮށްފި

ފީއަލީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން: ފޮޓޯ- އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

21 ސެޕްޓެމްބަރު 2025، 11:41

21 ސެޕްޓެމްބަރު 2025، 11:41

ފ. ފީއަލީގައި އައު މިސްކިތެއް ބިނާ ކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އެ ކުންފުންޏާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދުއެވެ.

ފ. ފީއަލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. މި މިސްކިތް ނިމޭއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން