Ads by Stelco

ޚަބަރު

ބިލެއްދޫގެ ބިން އިތުުރުކޮށްދެއްވާ ބަނދަރުގެ ޖާގަ އިިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ބިލެއްދޫގެ ބިން އިތުުރުކޮށްދެއްވާ ބަނދަރުގެ ޖާގަ އިިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް މުޢިއްޒު ބިލެއްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ސެޕްޓެމްބަރު 2025، 06:25

20 ސެޕްޓެމްބަރު 2025، 06:25

ފ. ބިލެތްދޫގައި ބިން އިތުރުކުރުމާއި ބަނދަރުގެ ޖާގަ އިތުރު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 ރައީސް މިފަދައިން ވިދާޅުވެފައިވަނީ ބިލެތްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި އެރަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ހެދޭނެ އެންމެ ފުޅާމިނެއްގައި ބަނދަރުގެ މަސައްކަތް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދަވާނެއެވެ. މީގެ އިތުރުން، މިހާރު ކުރިއަށްދާ ބަނދަރުގެ މަސައްކަތަށް ޖާގަ އިތުރުކުރުމަށް ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ބިން ހިއްކުމުގެ މަޝްރޫޢު ވެސް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެންމެ މުހިންމު ކަމަކީ ބިން ހިއްކުމަށް އޮތް ހަރަދު، އަންނަ އަހަރު ބަޖެޓްގައި އެކަމަށް މުހިންމު ޖާގައެއް ދެވިގެންދާނެ. ރަށުގައި ފެށުމަށް ސޮއިކުރި މަޝްރޫޢުތަކަކީ އެއީ ވަރަށް އިސްކަމެއްދީގެން ފުރިހަމަ ކުރާނެ ކަންކަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ބިލެތްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމާއި، ބިންހިއްކުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށާއި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ބިލެތްދޫ ސްކޫލްގައި ބޭއްވުނު މި ބައްދަލުވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި  ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން