Ads by Stelco

ޚަބަރު

ބިލެތްދޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

ބިލެތްދޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

ބިލެތްދޫ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ސޮއިކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ސެޕްޓެމްބަރު 2025، 06:22

20 ސެޕްޓެމްބަރު 2025، 06:22

ފ. ބިލެތްދޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބިލެތްދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. މި މަޝްރޫޢުގެ އަގަކީ 91.2 މިލިއަން ރުފިޔާއެވެ.

މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީ އެވެ.

މި މަޝްރޫޢުގެ ދަށުން ބިލެތްދޫގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މަޝްރޫޢު ނިންމުމަށް ދެވިފައިވަނީ 720 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢު ނިމުމުން ބިލެތްދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ސަބަބުން ބިލެތްދޫގެ ވަށައިގެންވާ މާހައުލު އިތުރަށް ތަރައްޤީވެ، ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން