Ads by Stelco

ޚަބަރު

ރޭގެ ވަޤުތެއްގައި ރަޝިއާއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓް

ރޭގެ ވަޤުތެއްގައި ރަޝިއާއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓް

ބިންހެލުން އައި ސަރަޙައްދު/ފޮޓޯ: މެޓް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 ސެޕްޓެމްބަރު 2025، 02:23

19 ސެޕްޓެމްބަރު 2025، 02:23

ރޭގެ ވަޤުތެއްގައި ރަޝިއާއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރޭ ރާއްޖެ ގަޑިން 23:58 ހާއިރު ރަޝިއާގެ އިރުމަތީ  އައްސޭރީގައި އޮންނަ ކަމްޗަޓްކާ އަށް އައީ 7.6 މެގްނިޓިއުޑްގެ ބާރު ބިންހެލުމެއް ކަމަށެވެ. އަދި ރާއްޖޭގެ ވެރި ރަށް މާލެއާ 9،432 ކިލޯމީޓަރު ދުރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ރަޝިއާއަށް ރޭ އައި ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއެފެދޭ ކަމަށް މެޓް އޮފީހުން ވިދާޅުވެފައިވާއިރު، ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން