Ads by Stelco

ޚަބަރު

15 ރުފިޔާއަށް ހުރި އޮރެންޖު 5 ރުފިޔާއަށް ތިރިވެއްޖެ

15 ރުފިޔާއަށް ހުރި އޮރެންޖު 5 ރުފިޔާއަށް ތިރިވެއްޖެ

އޮރެންޖުގެ އަގު މާލޭގެ ބާޒާރުގައި ދަނީ ތިރުވަމުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ސެޕްޓެމްބަރު 2025، 10:59

19 ސެޕްޓެމްބަރު 2025، 10:59

ހުލާސާ


މާލޭ ބާޒާރުގައި 15 ރުފިޔާއަށް ހުރި އޮރެންޖުގެ އަގު 5 ރުފިޔާއަށް ތިރިވެެއްޖެއެވެ.

 ފާއިތުވި ދެމަހެއްހާ ދުވަހު އޮރެންޖެއްގެ އަގު 15 ރުފިޔާއަށް އަރާފައިވާއިރު، މިހާރު ބާޒާރުގައި އޮރެންޖު ވިއްކަމުންދާ އަގު ދަނީ ތިރިވަމުންނެވެ. 

ހުޅުމާލޭގެ ބައެއް ފިހާރަތަކުން މިވަގުތު އޮރެންޖެއް 6 ރުފިޔާއަށް ލިބެން އެބަ ހުއްޓެވެ. އަދި ބައެއް ފިހާރަތަކުން ވަކި ވަގުތުތަކެއްގައި 2.50 ރުފިޔާއަށްވެސް އޮރެންޖު ވިއްކަމުންދާކަން ފާހަގަކުރެވެއެވެ. މިއަދު މާލޭ ބާޒާރުމަތީ ގިނަ ފިހާރަތަކުން 5 ރުފިޔާގެ އަގުގައި އޮރެންޖު ވިއްކަން ފަށާފައިވެއެވެ.

އޮރެންޖުގެ އަގު އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބަދިނުމުގެ ގޮތުން، ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް ރައްޔިތުން އާންމުކޮށް ބޭނުންކުރާ ތަރުކާރީއާއި މޭވާގެ ބާވަތްތައް އެތެރެކުރުމަށް ނިންމާފައެވެ. މިގޮތުން އެސްޓީއޯގެ ސުޕަމާޓުން މިހާރު އޮރެންޖު ކިލޯއެއް ވިއްކަމުންދަނީ 30 ރުފިޔާގެ އަގުގައެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުރިއަށް އޮތްތަނުގައި އެ ކުންފުނީގެ ސުޕަމާޓުތަކުން އޮރެންޖު ފަދަ ބާވަތްތައް ދާއިމީ ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

އޮރެންޖަކީ ދިވެހިން އެންމެ ގިނައިން ބޭނުންކުރާ މޭވާގެ ބާވަތްތަކުގެ ތެރެއިން އެއް ބާވަތެވެ. އޮރެންޖުގެ އިތުރުން އާފަލުގެ އަގުތައްވެސް ވަނީ މިހާތަނަށް ދުވަހަކުވެސް ނުދެކޭ މިންވަރަށް މައްޗަށް ގޮސްފައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން