Ads by Stelco

ޚަބަރު

ގިނަ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން އެޗްޑީސީގެ ސާފުކުރުމުގެ ޕްރޮގްރާމު ފަސްކޮށްފި

ގިނަ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން އެޗްޑީސީގެ ސާފުކުރުމުގެ ޕްރޮގްރާމު ފަސްކޮށްފި

އެޗްޑިސީން މީގެ ކުރިން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން: ފޮޓޯ- އެޗްޑީސީ

farudhun logo

ފަރުދުން

17 ސެޕްޓެމްބަރު 2025، 10:51

17 ސެޕްޓެމްބަރު 2025، 10:51

ގިނަ ބައެއްގެ ޝައުގުވެރިކަން ފާޅުކުރުމުން، އެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސާފުކުރުމުގެ ޕްރޮގްރާމު ފަސްކޮށްފިއެވެ.

އެޗްޑީސީން ވިދާޅުވީ، ހުޅުމާލޭގައި ކުރިއަށްގެންދާ ގޮނޑުދޮށާއި މޫދު ސާފުކުރުން ސެޕްޓެންބަރ 27 އަށް ބަދަލުކޮށްފައިވާކަމަށެވެ. ސެޕްޓެންބަރ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް، މި މަހު 27 ވަނަ ދުވަހަށް ބަދަލުކުރީ ގިނަ ބައެއްގެ ޝައުގުވެރިކަން މި ހަރަކާތަށް ފާޅުކުރުމުން، އެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކަމަށެވެ.


އެޗްޑީސީން އިތުރަށް ވިދާޅުވީ، މި ޕްރޮގުރާމުގެ މަގްސަދަކީ، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުން ކަމުގައެވެ. މި މަހުގެ 27 ވަނަ ދުވަހު ކުރިއަށްގެންދާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންނެވެ. އެގޮތުން، ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރިއަށް އޮތް އަހަރު، މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަކީ އެޗްޑީސީގެ އަމާޒެކެވެ.


މި ހަރަކާތާ ގުޅުވައިގެން، ތިމާވެށްޓައް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ "މަންސަ" ޕްރޮގުރާމް އެ ދުވަހުގެ ރޭގަނޑު އޮންނާނެއެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވާނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއްވައެވެ. 


ހުޅުމާލެއަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މުސްތަގުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް މިދަފަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން