Ads by Stelco

ޚަބަރު

ޕާކިސްތާނުގައި ބާއްވާ ޤުރުއާން މުބާރާއްތެއްގައި ރާއްޖެ ތަމްސީލްކުރަން ފުރުސަތު ލިބިއްޖެ

ޕާކިސްތާނުގައި ބާއްވާ ޤުރުއާން މުބާރާއްތެއްގައި ރާއްޖެ ތަމްސީލްކުރަން ފުރުސަތު ލިބިއްޖެ

ކީރިތި ޤުރުއާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2025، 10:50

17 ސެޕްޓެމްބަރު 2025، 10:50

ޕާކިސްތާނުގެ އިސްލާމާބާދުގައި 2025 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ "ފަސްޓް އިންޓަނޭޝަނަލް ގިރާއަތު ކޮމްޕެޓިޝަން" ގައި ބައިވެރިވުމަށް ރާއްޖެއަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ޕާކިސްތާނުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒް އެންޑް އިންޓަރ ފެއިތު ހާމަނީން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބިފައިވަނީ އެންމެ ބައިވެރިއެއްގެ ފުރުސަތެވެ. މި މުބާރާތަކީ ހަމައެކަނި ފިރިހެނުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށްވުމާއި، ފިރިހެނަކަށްވުމާއި، އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން ހިމެނެއެވެ. މީގެއިތުރުން، ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ޤުރުއާން ކިޔަވަން އެނގުމާއެކު، ގިރާއަތްތަކަށް ކިޔަވަން އެނގޭ، ޤުރުއާން ހިތުދަސް ހާފިޒުންނަށް އިސްކަންދެވޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތަށް ޕާކިސްތާނަށް ދަތުރުކުރުމުގެ ޓިކެޓާއި، އެ ޤައުމުގައި ހުރުމާއި ކެއުމުގެ ޚަރަދު މުބާރާތް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން