Ads by Stelco

ޚަބަރު

ކުރީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޖުތަބާއާ ވަޒީރު ޠާރިޤް ބައްދަލުކުރައްވައިފި

ކުރީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޖުތަބާއާ ވަޒީރު ޠާރިޤް ބައްދަލުކުރައްވައިފި

ކުރީގެ ވަޒީރު މުޖްތަބާއާއި މިހާރުގެ ވަޒީރު ޠާރިޤް ބައްދަލުކުރެއްވުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2025، 10:49

16 ސެޕްޓެމްބަރު 2025، 10:49

ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް، ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަޙްމަދު މުޖުތަބާއާ ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއެރުމާއި މުސްތަޤުބަލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް މިހާރު އަންނަމުންދާ ބަދަލުތަކާއި، ކުރިމަގުގައި އެ ދާއިރާއަށް އަންނާނެ ކުރިއެރުންތަކާ ގުޅޭގޮތުން ތަޖުރިބާ ހިއްސާކުރުމެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ވަޒީރުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން މިހާރު ކުރިއަރަމުން އަންނަ ގޮތާއި، މުސްތަޤުބަލުގައި މި ދާއިރާއަށް އަންނާނެ ބަދަލުތަކާއި، މި ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ދެ ފަރާތުގެ ވިސްނުންތައް އެއްގޮތްކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި މިފަދަ ބައްދަލުވުންތަކަކީ ދާއިރާގެ ކުރީގެ ތަޖުރިބާކާރުންނާއި މިހާރުގެ އިސްވެރިންނާ ދެމެދު ގުޅުން ބަދަހިކޮށް، ޤައުމީ މަސްލަހަތު ރައްކާތެރިކުރުމަށް ވަރަށް މުހިންމު ކަންކަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން