Ads by Stelco

ޚަބަރު

މިހާރު މޫނުބުރުގާ އަޅައިގެން ސިވިލް ސަރވިސް ވަޒީފާ އަދާކުރެވޭނެ

މިހާރު މޫނުބުރުގާ އަޅައިގެން ސިވިލް ސަރވިސް ވަޒީފާ އަދާކުރެވޭނެ

މީގެ ކުރިން ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން: ފޮޓޯ-- އަދަދު

farudhun logo

ފަރުދުން

15 ސެޕްޓެމްބަރު 2025، 01:21

15 ސެޕްޓެމްބަރު 2025، 01:21

މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސް ވަޒީފާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ޤަވާއިދުގައި އޮތް އޮތުން ބަދަލުކޮށް، މޫނު ބުރުގާ އަޅައިގެން ސިވިލްސާވިސްގައި ވަޒީފާ އަދާކުރެވޭގޮތަށް އިސްލާހު ކޮށްފިއެވެ. 

ސިވިލް ސަރވިސްގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައެވެ. އަދި އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ކުރީގެ ޤަވާއިދުގައި އޮންނަ ގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ސަބަބުން މޫނު ބުރުގައި އަޅައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެފައެއް ނުވެއެވެ. 

މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމުގެ ހުއްދަ ސިވިލް ސަރވިސް ޤަވާއިދުގައި އިސްލާހު ކުރެވިގެން ދިއުމަކީ، މޫނު ބުރުގާ އަޅާތީ ވަޒީފާގެ ފުރުސަތު ނުލިބިތިބި ޤާބިލު އެތައް ބަޔަކަށް ލިބިގެން ދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ. މިއީ ގިނަ އަހަރުތަކެއް ވަންދެން ގިނަ ބަޔަކު އެދެމުންދިޔަ، ހައްލެއް ނުލިބި އޮތް މައްސަލައެކެވެ. މިކަމަކީ ކުރިން އެއްވެސް ސަރުކާރަކުން ސިވިލްސަރވިސް ޤަވާއިދަށް ގެންނަން ނުކެރި އޮތް ބަދަލެކެވެ. 

މިކަމަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ވަކި ގޮތަކަށް ހެދުން އަޅައިގެން، ވަޒީފާގެ މާހައުލުގައި ތަފާތުކުރުމާއި ވަޒީފާއިން ވަކިކުރުން ނިމުމަކަށް ގެންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވިއެވެ.  ނ. މަަނަދޫގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހީންނަކީ އިސްލާމްދީނުގެ ހިދާޔަތުގައި ތިބި ބައެއް ކަމަށާއި ދިވެހިރައްޔިތުންނަކީ ފަހުރުވެރި މުސްލިމުން ކަމަށެވެ.

"ހެދުން އެޅޭ ގޮތަކުން ވަކި ގޮތަކުން ވަޒިފާއިން ވަކިކުރެވިގެން ނުވާނެ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ ވަޒީފާ ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމެވެ. އަދި މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭ އުސޫލެއް ނޫނީ ގަވާއިދެއް އޮތްނަމަ، އެ ގަވާއިދެއް ބަދަލު ކުރުމެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން