Ads by Stelco

ޚަބަރު

ދަށު ދަރަޖައިގެ ޢަމަލު ހިންގާ ފަރާތްތަކުގެ ދިފާޢުގައި ރައީސް ޞޯލިހު ނުކުންނެވުމަކީ މުޖުތަމަޢުއަށް ދެވޭ ނުރައްކާތެރި މެސެޖެއް: ވަޒީރު ޚަލީލް

ދަށު ދަރަޖައިގެ ޢަމަލު ހިންގާ ފަރާތްތަކުގެ ދިފާޢުގައި ރައީސް ޞޯލިހު ނުކުންނެވުމަކީ މުޖުތަމަޢުއަށް ދެވޭ ނުރައްކާތެރި މެސެޖެއް: ވަޒީރު ޚަލީލް

ޚާރިޖީ ވަޒީރު/ފޮޓޯ: އެމްވީ ޕްލަސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 ސެޕްޓެމްބަރު 2025، 11:25

11 ސެޕްޓެމްބަރު 2025، 11:25

ދަށު ދަރަޖައިގެ ޢަމަލު ހިންގާ ފަރާތްތަކުގެ ދިފާޢުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ނުކުންނެވުމަކީ މުޖުތަމަޢުއަށް ދެވޭ ނުރައްކާތެރި މެސެޖެއްކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ސިޔާސީ ބޭނުމަކަށްޓަކައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން ރޭގައި ހައްޔަރުކުރުން ކުށްވެރިކުރާކަމަށް ޞޯލިހު ވިދާޅުވުމާއި ގުޅިގެންނެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލިސް މެންބަރު ޙުސެއިން ޙަސަން ހައްޔަރުކުރުމާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވީ، ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޙައްޤަކުން ކުރާކަމަކަށް އެއްވެސް މީހަކު ހައްޔަރު ކުރުމަކީ ފުލުހުންގެ މުއައްސަސާ އަށް އޮންނަ އިތުބާރު ހީނަރުވެގެންދާ ކަމެއް ކަމަށެވެ. އަދި ސިޔާސީ ބޭނުމަކަށްޓަކައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް  ރޭގައި ހައްޔަރުކުރުން ކުށްވެރި ކުރައްވާ ކަމަށާއި، ވަގުތުން ވަގުތަށް ހުސައިން މިނިވަން ކުރުމަށް  ޞާލިހު ވަނީ ގޮވާލައްވާފައެވެ.

މިކަމާއި ގުޅިގެން ޚާރިޖީ ވަޒީރު ވިދާޅުވީ، ޑްރަގްގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތެއްގެ ތެރެއަށް ވަދެގަނެ، ސީން ހަލާކު ކުރުމަށް މަސައްކަތް ކުރުމަކީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ކަމަށެވެ. އަދި މިފަދަ ދަށު ދަރަޖައިގެ ޢަމަލު ހިންގާ ފަރާތްތަކުގެ ދިފާޢުގައި ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ނުކުންނެވުމަކީ މުޖުތަމަޢުއަށް ދެވޭ ނުރައްކާތެރި މެސެޖެއް ކަމަށް ވަޒީރު  ވަނީ ވިދާޅުވެފައެވެ.  ހަމަ އެހެންމެ، މިކަމުން ދައްކުވައި ދެނީ ފުލުހުންނަށް އިޙްތިރާމް ނުކުރާ ކަންކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުރުން ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ޑްރަގްގެ ވަބާއިން ރާއްޖެ ސަލާމަތް ކުރަން ފުލުހުން ކުރާ މަސައްކަތަށް ރައީސް ޞާލިހު ވެރިކަމުގައި ހުންނެވި އިރު ހުރަސްއެޅުއްވިކަން މިކަމުން ހާމަވާ ކަމަށެވެ. ހަމަ އެހެންމެ، ރައްޔިތުންނަށް ހެވެއް އެދިވަޑައިގަންނަވާ ނަމަ ރައީސް ޞާލިހު ވެސް އަދި އެމްޑީޕީން ވެސް ކުރައްވަންވީ ކަމަކީ ޑްރަގްގެ ވަބާއާއި ދެކޮޅުކަން ސާފުކޮށް ވިދާޅުވުމާ އެކު، ފުލުހުންގެ މަސައްކަތަށް ހިތްވަރު ދެއްވުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އެންގުމާ ޚިލާފަށް  ޑްރަގް ސީނެއްގެ ތެރެއަށް ވަދެ، އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތްކުރުމުން ނަޞޭޙަތްތެރިވުމަށްފަހު ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން