Ads by Stelco

ޚަބަރު

ހޮޅުދޫ ރަންތަރީގެ ޓްރެވަލް ޕާޓްނަރ އަކަށް ލީޖަން ޓްރަވަލްސް

ހޮޅުދޫ ރަންތަރީގެ ޓްރެވަލް ޕާޓްނަރ އަކަށް ލީޖަން ޓްރަވަލްސް

ލީޖަން ޓްރަވަލްސް ލޯގޯ

farudhun logo

ފަރުދުން

10 ސެޕްޓެމްބަރު 2025، 12:45

10 ސެޕްޓެމްބަރު 2025، 12:45

ހޮޅުދޫއަށް ނިސްބަތްވާ "ބެޓަރ އެންވަޔަރޮމެންޓު ފޯރ ޔޫތު ސޮސިއެޓީ" (ބޭސް) ޖަމްޢިއްޔާއިން ކުރިއަށްގެންދާ  ނ. ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތުގެ ޓްރެވަލް ޕާޓުނަރ އަކަށް ލީޖަން ޓްރަވަލްސް ހަމަޖައްސައިފިއެވެ. 

ބޭސްއިން ބުނީ، ހޮޅުދޫ ރަންތަރިއަށް އެއް އަހަރު ދުވަހު ދަތުރުކުރުން ހިލޭ ދޭން ލީޖަން އިން ނިންމާ، ހޮޅުދޫ ރަންތަރީގެ ޓްރެވަލް ޕާޓުނަރ އަކަށް ލީޖަން ޓްރަވަލްސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ނ.އަތޮޅާއި މާލެއާދެމެދު ފުރަތަަމަ ފެށި ފެރީސާވިސް ކަމަށްވެސް ބޭސްއިން ބުނެފައި ވެއެވެ. 

 ލީޖަން އަކީ  ނ.އަތޮޅާ މާލެއާދެމެދު ފެރީ އިން ގުޅާލަދީ ފެންވަރު ރަނގަޅު އިންގިލާބީ ހެޔޮބަދަލެއް ގެނެސްދިން ސަރވިސްއެކެވެ. 
ހަމައެއާއެކު ހޮޅުދޫ ރަންތަރިއަކަށް ހޮވޭ ދަރިވަރަކަށް ލީޖަންއިން 1 އަހަރު ދުވަހު ދަތުރުކުރުން ހިލޭދިނުމަށް ނިންމާފައިވާކަމަށްވެސް ބޭސްއިން މަޢުލޫމާތުދެއެެވެ. މީގެ އިތުރުން 2 ވަނަ އަދި 3 ވަނައަށް 1 މަސްދުވަހުގެ ދަތުރު ހިލޭ ދިނުމަށްވެސް ލީޖަންއިން ވަނީ ނިންމާފައެވެ. 

 ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތަކީ އެހެން ޤުރުއާން މުބާރާތްތަކާ ތަފާތު ގޮތަކަށް ކުރިއަށް ގެންދާ މުބާރާތެކެވެ. ޖުމްލަ 4 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި މުބާރާތުގައި 4 ރައުންޑެއް ބޭއްވުމަށް ނިންމާފައިވާއިރު، ފައިނަލް ރައުންޑަށް ދާނީ 5 ބައިވެރިންނެވެ. މުބާރާތުގެ އެއްވަނައަށްދާ ފަރާތަކަށް ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އަދި މި އަދަދު 25،000ރ. އަށް ވުރެ ކުޑަ ނުވާނެކަމަށް ބޭސް އިން ހާމަކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން