Ads by Stelco

ޚަބަރު

ސަރުކާރުގެ އެހީގައި އަމިއްލަ ގޯތީގައި ގެދޮރުއަޅަން ބޭނުންވާ 43 ރަށެއްގެ މަޢުލޫމާތު ފޮނުވައިފި: ވުޒާރާ

ސަރުކާރުގެ އެހީގައި އަމިއްލަ ގޯތީގައި ގެދޮރުއަޅަން ބޭނުންވާ 43 ރަށެއްގެ މަޢުލޫމާތު ފޮނުވައިފި: ވުޒާރާ

ގއ ވިލިގިނލީގައި ބިނާކުރި ހައުސިންގ ޔުނިޓްތަކެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2025، 03:37

09 ސެޕްޓެމްބަރު 2025، 03:37

އަމިއްލަ ގޯތީގައި ގެދޮރު އަޅަން ބޭނުންވާ 43 ރަށެއްގެ މަޢުލޫމާތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއަށް ލިބިފައިވާކަމަށް އެ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. 

މިއީ އަތޮޅުތަކުގައި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އިޢުލާނުކޮށްފައިވާ 57 ރަށުގެ ތެރެއިން މަޢުލޫމާތު ލިބިފައިވާ ރަށްތަކެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުތައް މިހާރު ވަނީ ޕްރީ ކޮލިފިކޭޝަން އިވެލުއޭޝަން މަރުހަލާގައެވެ. މި މަރުހަލާގައި ކުރިއަށްދާނީ ކޮންޓްރެކްޓަރުން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އެކަމަށް ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތްތަކެވެ.

އަމިއްލަ ގޯތީގެ ބިންތަކުގައި ގެދޮރު އެޅުމަށް ސަރުކާރުން ހުޅުވާލި ފުރުޞަތަކީ ބަންޑާރަ ގޯތީގައި ގެދޮރުއެޅުމަށް މާލީގޮތުން ދަތި ފަރާތްތަކަށް އެހީތެރިވުމަށް ހުޅުވާލި ފުރުޞަތެކެވެ. މި މަޝްރޫޢުގެ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކައުންސިލްތަކާ ހަވާލުކުރީ މިއަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައެވެ.

ސަރުކާރުން މި މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް ހުޅުވާލާފައިވަނީ 4 ކެޓަގަރީއަކަށެވެ. އެގޮތުން 50 ހައުސިން ޔުނިޓަށްވުރެ މަދުން ތަރައްޤީކުރާ ރަށްތަކުގެ މަޝްރޫޢުތައް ހުޅުވާލާފައިވަނީ ހަމައެކަނި ރާއްޖޭގެ ކޮންޓްރެކްޓަރުންނަށެވެ. އެހެން ކެޓަގަރީތަކުގެ މަޝްރޫޢުތަކަށް ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ކުރިމަތިލެވޭނެއެވެ.

ސަރުކާރުން މިއަހަރަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބޮޑު ބަޖެޓެއް ކަނޑައަޅުއްވާފައިވާއިރު، ހަމައެކަނި ޢުމްރާނީ މަސައްކަތްތަކަށް ވެސް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. ވުޒާރާއިން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުންގެ ފަރާތުން ބޮޑު ޝައުޤުވެރިކަމެއް ވަނީ ލިބިފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން