Ads by Stelco

ޚަބަރު

ހޮސްޕިޓާލިޓީ ދާއިރާގެ ބައިނަލްއަޤުވާމީ މައުރަޒެއް ރާާއްޖޭގައި ފަށައިފި

ހޮސްޕިޓާލިޓީ ދާއިރާގެ ބައިނަލްއަޤުވާމީ މައުރަޒެއް ރާާއްޖޭގައި ފަށައިފި

ވަޒީރު ސަޢީދު އެކްޒިބިޝަން ބައްލަވާލައްވަނީ. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2025، 10:32

07 ސެޕްޓެމްބަރު 2025، 10:32

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2025 މިއަދު ރަސްމީކޮށް ފަށައިފިއެވެ. 

މި މައުރަޒު ފަށްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި މަހުގެ 7 އިން 9 އަށް ކުރިއަށްދާ މި މައުރަޒަކީ ދިވެހި އެކްސްޕޯ ސާރވިސަސް އާއި ސީޑީސީ އިވެންޓްސްއިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ މައުރަޒެކެވެ. މި މައުރަޒު ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ސަޢީދު ވަނީ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ ބައްލަވާލައްވާފައެވެ.

މި އެގްޒިބިޝަންގައި ޖަރުމަނު، އެމެރިކާ، ޔޫއޭއީ، ޗައިނާ، އިންޑިޔާ، ސްރީލަންކާ، މެލޭޝިޔާ އަދި ސިންގަޕޫރު ފަދަ 20 އަށްވުރެ ގިނަ ޤައުމުތަކުން 150 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ. އަދި 7000 އަށްވުރެ ގިނަ އިންޓަނޭޝަނަލް ބްރޭންޑްތަކާއި 100 އަށްވުރެ ގިނަ އައު ޕްރޮޑަކްޓްތައް މި މައުރަޒުގައި ލޯންޗްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މައުރަޒުގެ ޚާއްޞަ ކަމެއްގެ ގޮތުން "ޓީ ސޮމެލިއާސް" ގެ ނަމުގައި ސައިފަތާއި ސަޔާ ގުޅޭ ވަކި ކެޓެގަރީއެއް ވަނީ ތަޢާރަފުކޮށްފައެވެ. މި ކެޓެގަރީގައި އެކި ގޮތްގޮތަށް ސައި ތައްޔާރުކުރުމުގެ މާހިރުން ބައިވެރިވެ، އެ ބޭފުޅުންގެ ހުނަރު ދައްކާލާނެއެވެ.

މި އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ކާބޯތަކެތި އުފެއްދުމާއި، ބަދިގެއާއި ހޮޓަލުގެ ސާމާނާއި، ސްޕާ އެންޑް ވެލްނެސް ޕްރޮޑަކްޓްސް، އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ސޮލިއުޝަންސް ފަދަ ތަކެތި ދައްކާލުމުގެ އިތުރުން، ގްލޯބަލް ކަލިނަރީ ޗެލެންޖްވެސް ކުރިއަށްދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން