Ads by Stelco

ޚަބަރު

އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ހަރުދަނާކުރަން، އުނގޫފާރުގައި މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕެއް ފަށައިފި

އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ހަރުދަނާކުރަން، އުނގޫފާރުގައި މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕެއް ފަށައިފި

އުނގޫފާރުގައި މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕެއް ފަށައިފި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ސެޕްޓެމްބަރު 2025، 05:11

06 ސެޕްޓެމްބަރު 2025، 05:11

ރާއްޖޭގެ އަތޮޅުތަކުން ދެމުންދާ ސިއްހީ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕެއް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަށައިފިއެވެ. މި ކޭމްޕަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިއްމު ބައެކެވެ.

އެމްސީޖީއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ޕްރޮގްރާމަކީ ހެލްތު މިނިސްޓްރީއާއި، ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން، މި ޕްރޮގްރާމުގެ ތެރެއިން އެމްސީޖީއެޗްގެ ދައުރު އިތުރަށް ފުޅާކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަކީ އެމްސީޖީއެޗްގެ މުހިއްމު އަމާޒެއް ކަމަށް  ފާހަގަކުރެއްވިއެވެ.

މި ކޭމްޕުގެ ދަށުން އެކި ސްޕެޝަލިޓީތަކުން ޑޮކްޓަރަށް ދެއްކުމާއި، ސަރޖިކަލް އޮޕަރޭޝަންތައް ކުރުމާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުން ހިމެނެއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ކްލިނިކަލް އަދި ފަންކްޝަނަލް ކެޕޭސިޓީ އެސެސްކުރުން ވެސް މި ޕްރޮގްރާމުގެ މުހިއްމު ބައެއްގެ ގޮތުގައި އަބްދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ސަރުކާރު ވެރިކަމަށް އައި އިރު ރާއްޖޭގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް އަޅާނުލެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ސިއްހީ ދާއިރާއަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދޭ ދާއިރާއެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި، މި ސަރުކާރުން ސިއްހީ ދާއިރާ ކުރިއަރުވައި، ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތްތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ރައީސް ވިދާޅުވި ގޮތުގައި، އިންފްރާސްޓްރަކްޗާ، އިމާރާތްތައް ކުރުން އަދި ވަސީލަތްތަކުގެ ގޮތުންވެސް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރަންޖެހުނެވެ. މީގެ އިތުރުން، އިންސާނީ ވަސީލަތްތައް ވެސް ބޮޑުތަނުން ތަރައްޤީ ކުރަން ޖެހިފައި ހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މުޅި ސިއްހީ ނިޒާމު ވެސް ވަރަށް ހާލުގައި އޮތުމުން މުޅި ދާއިރާ ތަރައްގީ ކުރަންޖެހެއެވެ. އެހެންކަމުން، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ނިޒާމު ރަނގަޅުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ކޭމްޕަކީ އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް މާލެއަށް ނުގޮސް، ގާތުން ފަރުވާ ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވޭ މުހިއްމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން