Ads by Stelco

ޚަބަރު

ކޮންމެ ކުއްޖަކީވެސް ނަފުސަށް ތެދުވެރި، ދީންވެރި ޤައުމަށް ވަފާތެރި ކުއްޖަކަށްވާންވާނެ: ފަސްޓް ލޭޑީ

ކޮންމެ ކުއްޖަކީވެސް ނަފުސަށް ތެދުވެރި، ދީންވެރި ޤައުމަށް ވަފާތެރި ކުއްޖަކަށްވާންވާނެ: ފަސްޓް ލޭޑީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު: ފޮޓޯ- ޕީއެސްއެމް ނިއުސް

farudhun logo

ފަރުދުން

06 ސެޕްޓެމްބަރު 2025، 12:38

06 ސެޕްޓެމްބަރު 2025، 12:38

ކޮންމެ ކުއްޖަކީވެސް ނަފުސަށް ތެދުވެރި، ދީންވެރި, ޤައުމަށް ވަފާތެރި ކުއްޖަކަށްވާންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބި ކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

 އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ތަޢުލީމަކީ ލިބިގެންވާ ބޮޑު ނިޢުމަތެއް އަދި ޒިންމާއެއް ކަމަށާއި ތަޢުލީމު ހާސިލްކުރުމަކީ ނިމުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ތަޢުލީމު ލިބިގަތުމުގައި ދެމިތިބުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި ކޮންމެ ކުއްޖަކީވެސް ނަފުސަށް ތެދުވެރި، ދީންވެރި ޤައުމަށް ވަފާތެރި ކުއްޖަކަށްވާންވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ނަފްސަށް ތެދުވެރިވެ ދީނަށް ކަމޭހިތައި، ޤައުމަށް ވަފާތެރިވެ ތަޢުލީމު ހާސިލް ކުރާ ދަރިވަރުން، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމަކީ އެ ދަރިވަރެއްގެ އެންމެ އަގުހުރި ފޭރާން ކަމުގައި ހަދާނެ ކަމުގައެވެ. އެގޮތުން ކޮންމެ ދަރިވަރަކީ ދިވެހިވަންތަ އިސްލާމީ ސިފަތަކުން ސިފަ ލިބިގެންވާ ދަރިވަރަކަށްވާންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެެ. 

މެޑަމް ސާޖިދާ ވަނީ، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ މާނަފުން ތާރީޚެއް އޮތް، ގިނަ ބަޔަކު އެކުވެގެން އިންދި ތަޢުލީމި ގަހެއް ކަމުގައި ވިދާޅުވެފައެވެ. އެ ގަހުން މިއަދު ދިވެހި ޤައުމަށް ފޮނިމޭވާ ލިބެމުންދާ ކަމަށާއި ޤައުމީ ފެންވަރުގައި ފަޚުރުވެރިވަނަތައް ހޯދާ ދަރިވަރުން ގިނަ ސްކޫލެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އަޙްމަދިއްޔާ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި ނިމިދިޔަ އަހަރު އޯލެވެލްގައި އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 އެއްގައި އަދި ޤައުމީ ގަދަ 10 އެއްގައި ހިމެނުނު 64 ދަރިވަރަކަށްވަނީ އިނާމު ދެއްވާފައެވެ.  އަހުމަދިއްޔާ ސްކޫލުން ހުރިހާގޮތަކުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ގްރޭޑު 10A ގެ ދަރިވަރުން ޢައިޝަތު އިންޝާ ޢިމްރާނެވެ. މިދަރިވަރަށް އިނާމު ޙަވާލުކޮށްދެއްވީވެސް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން