ޚަބަރު
ދިގުރަށު މިސްކިތާ ގުޅޭގޮތުން ފެތުރީ ދޮގު ޚަބަރެއް: ވަޒީރު

ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އެކްސް ޕޯސްޓުގެ ސްކްރީން ޝޮޓެއް

ފަރުދުން
04 ސެޕްޓެމްބަރު 2025، 10:46
04 ސެޕްޓެމްބަރު 2025، 10:46
"ސަރުކާރު ބަދަލުވި ގޮތަށް ދިގުރަށުގައި ތަރައްގީކުރަން ފެށި މިސްކިތުގެ މަސައްކަތް ހުއްޓިފައި" މިސުރުހީގެ ދަށުން ލިޔެފައިވާ ޚަބަރަކީ ދޮގެއްކަމަށް ހެއްކާއެކު އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވި ސަރުކާރު ބަދަލުވީ ފަހުން މިހާތަނަށް ދެ މިލިއަން ރުފިޔާ ޚަރަދުކޮށްގެން މިސްކިތް ގާތްގަނޑަކަށް ނިންމާފައިވާ ކަމަށެވެ. މިސްކިތް ފެށިއިރު، ބީއޯކިއުގައި މުންނާރުވެސް ނެތް ކަމަށާއި އޮތީ ހަމައެކަނި މުންނާރު ތެރޭގައި ހުންނަ ހަރުގަނޑު ކަމަށްވެސް ވަޒީރުު ވިދާޅުވިއެވެ.
Raajje @Raajje_tv keevetho Alhugandu block kohgen thiya ulhuvvanee. Miskithaa behey gothun shaa'iu kuri khabatah comment kollan beynun vaguthee gothun namaves block filuvaala dhevvaa.😊 Media ge minivankan nudhee thihen hadhaakah nuvaanenu. 😊. pic.twitter.com/nsYrwlKCov
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 3, 2025
އެޕޯސްޓާއި ވިދިގެން ދެން ކުރެއްވި ޕޯސްޓުގައި ވަޒީރު ވަނީ ސަރުކާރު ބަދަލުވީއިރު މިސްކިތުގެ މަސައްކަތް ގޮސްފައިވާ ހިސާބު ފެންނަ ފޮޓޯތަކެއް އާންމު ކުރައްވާފައެވެ.
Sarukaaru badhaluvi Digurashu Miskiy huri minvaru. Mi sarukaaru ai fahuh mihaathanah 2 million kharadhu koh miskiy thivanee gaygandakah nimnaafa. Miskiy feshi iru BOQ ga Munnaareh ves ney. Hama ekani Munnaaru thereyga hunna harugandu othee.😊 @Raajje_tv pic.twitter.com/GexQKr1JbO
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 3, 2025
ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ މިހާރު ފިނޭންސް މިނިސްޓްރީން މިސްކިތުގެ މުންނާރުގެ މަސައްކަތަށް ހުއްދަ ދީފައިވާކަމަށާއި އަމާޒަކީ ވީހާވެސް އަވަަހަށް މިސްކިތުގެ މަސައްކަތް ނިންމާ މިސްކިތް ހުޅުވުން ކަމުގައެވެ.
ވަޒީރު ވަނީ ރާއްޖެޓީވީން އެމަނިކުފާނު ބްލޮކް ކޮށްގެއް އުޅުއްވަނީ ކީއްވެތޯއާއި، ދިގުރަށު މިސްކިތާ ގުޅޭ ޚަބަރަށް ޞައްޙަ މަޢުލޫމާތު ކޮމެންޓު ކުރުމަށް ވަގުތު ކޮޅަކަށްވިޔަސް އަންބްލޮކް ކޮށްދިނުމަށް އެދިފައެވެ. އަދި "މީޑިއާގެ މިނިވަންކަން ނުދީ ތިހެން ހަދާކަށް ނުވަނެ" ކަމަށް ވެސް ވިދާޅުވެފައިވެއެވެ.