Ads by Stelco

ޚަބަރު

88 މެމްބަރެއްގެ މާލީ ބަޔާން މަޖިލީހުން އާންމުކޮށްފި

88 މެމްބަރެއްގެ މާލީ ބަޔާން މަޖިލީހުން އާންމުކޮށްފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2025، 06:19

03 ސެޕްޓެމްބަރު 2025، 06:19

ރައްޔިތުންގެ މަޖިލީހުގެ 88 މެންބަރެއްގެ މާލީ ބަޔާން މަޖިލީހުން އާންމުކޮށްފިއެވެ.

މި ބަޔާންތައް މިހާރު ވަނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުންނަށް ފެންނާނެހެން ޝާއިއުކޮށްފައިކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއެވެ.

މަޖިލީހުގެ އިދާރާއިން ބުނެފައިވާގޮތުގައި، މިދިޔަ އަހަރުގެ މެއި 28 ވަނަ ދުވަހު ހުވާކުރެއްވި 20 ވަނަ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހެޅުއްވުމުގެ އެންމެ ފަހު މުއްދަތަކީ މިއަހަރުގެ އޮގަސްޓް 31 ވަނަ ދުވަހެވެ. މިއީ މެންބަރުން ހުވާކުރައްވާތާ އެއް އަހަރު ފުރުމަށްފަހު، އިތުރު ތިން މަސްދުވަހުގެ މުއްދަތެއް ދެއްވާފައިވާ ގޮތަށެވެ.

މަޖިލީހުގެ ޤަވާއިދުގެ ދަށުން ކޮންމެ މެންބަރަކުވެސް މާލީ ބަޔާން ހުށަހެޅުއްވުމަކީ ލާޒިމު ކަމެކެވެ. މި ބަޔާނުގައި މެންބަރުންގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ ތަފްސީލީ މައުލޫމާތު ހިމެނެއެވެ. 20 ވަނަ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބެވިއިރު، މިހާތަނަށް 88 މެންބަރުން ވަނީ މާލީ ބަޔާން ހުށަހަޅުއްވާފައެވެ.

މިހާތަނަށް މާލީ ބަޔާން ހުށަނާޅުއްވާ މެންބަރުންގެ ތެރޭގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު، ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް، މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ހިމެނިވަޑައިގަންނަވައެވެ.

މޖިލީހުގެ އިދާރާއިން ބުނެފައިވަނީ، މާލީ ބަޔާންތައް މިހާރު ވަނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައިކަމަށާއި އަދި އާންމު ރައްޔިތުންނަށް މި ބަޔާންތައް ބެއްލެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން