ޚަބަރު
މައްސަލަ ޙައްލުކޮށް ފުވައްމުލަކު އެއަރޕޯޓުގެ ދަތުރުތަށް ފަށައިފި

ފުވައްމުލައް.

ފަރުދުން
03 ސެޕްޓެމްބަރު 2025، 12:03
03 ސެޕްޓެމްބަރު 2025، 12:03
ފުވައްމުލަކު އެއަރޕޯޓުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އުޅަނދެއްގެ ހޮޅިއެއް ފަޅައިގެން ދިޔުމާ ގުޅިގެން، ޚިދުމަތް މެދުކަނޑާލުމަށްފަހު އަލުން ޚިދުމަތް ދޭންފަށައިފިއެވެ.
ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ޓްރަކް ހަލާކުވެ، އެ އާޕޯޓަށް ދަތުރުތައް ހުއްޓިފައިވަނީ ހޯމަ ދުވަހެވެ. މައްސަލަ ހައްލުކުރުމަށް އައްޑޫއިން ފަޔާ ލޮރީއެއް ފުވައްމުލަކަށް ގެންގޮސްފައި ވެއެވެ. މިކަމުގެ ސަބަބުން ދަތުރުތަށް މެދުކެނޑުނު ވަގުތު، އާރުޓީއެލް ފެރީގައި އައްޑޫއަށް ގޮސް، އައްޑޫ އެއާޕޯޓުން ފުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ. ދަތުރުތައް އަލުން ފަށައި މޯލްޑިވިއަންގެ ފްލައިޓް މިއަދު ހަވީރު އެ ސިޓީން ފުރާގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.
އައްޑު އަތޮޅާއި ހުވަދު އަތޮޅާ ދެމެދު އެކަހެރިކޮށް އޮންނަ ފުވައްމުލަކުގައި ހުންނަ ވައިގެބަނދަރަށް ދަތުރުފަތުރު ކުރާ ހަމައެކަނި އެއަރލައިނަކީ ޤައުމީ އެއަރލައިން މޯލްޑިވިއަން އެވެ. މޯލްޑިވިއަން އިން އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވައިގެބަނދަރު ބަންދުކުރަންޖެހުމާ ގުޅިގެން ފަސިންޖަރުންނަށް ދިމާވާ ދަތިތަކުގައި މޯލްޑިވިޔަން އިން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރިމަތިވާ ތުރާލަށް އެއެއަރލައިން އިން ވަނީ މަޢާފަށް އެދިފައެވެ.