Ads by Stelco

ޚަބަރު

މޯލްޑިވިއަނުން ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވެއްޖެ

މޯލްޑިވިއަނުން ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

03 ސެޕްޓެމްބަރު 2025، 11:23

03 ސެޕްޓެމްބަރު 2025، 11:23

ޤައުމީ އެއާލައިން، މޯލްޑިވިއަނުން ބ. ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމައިފިއެވެ. 

މޯލްޑިިވިއަނުން ސޯޝަލްމީޑީއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެ ދަތުރުތައް ކުރާނީ ކޮންމެ ހޮނިހިރު އަދި ބުރާސްފަތި ދުވަހެއްގައި ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ. 



ކަމަދުއަށް ސީޕްލޭން ދަތުރުތައް ފެށުމަށް ޤައުމީ އެއަރލައިން، މޯލްޑިވިއަނާއި ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ކަމަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެމަނިކުފާނު ކަމަދޫއަށް ވަޑައިގެން އެކަން އިއުލާނުކުރެއްވީ 2025 އޮގަސްޓް 11 ވަނަ ދުވަހެވެ. 

ކަމަދޫއަކީ ލޯކަލް ޓުރިޒަމްގެ ވިޔަފާރިި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށެކެވެ. ގިނަ އަދަދެއްގެ ގެސްޓުން އަރާ ފައިބާ މި ރަށަށް ސީ ޕްލޭން ޚިދުމަތަކީ ނުހަނު ބޭނުންތެރި ޚިދުމަތެކެވެ. 


Ads by MSS

މި ލިޔުން ކިޔާލުމުން