Ads by Stelco

ޚަބަރު

ޤާނޫނު ލާޒިމް ކުރާ އަދަދަށް މެމްބަރުން ހަމަނުވާތީ އެމްޓީޑީ އުވާލައިފި

ޤާނޫނު ލާޒިމް ކުރާ އަދަދަށް މެމްބަރުން ހަމަނުވާތީ އެމްޓީޑީ އުވާލައިފި

އެމްޓީޑީގެ އޮފީސް

farudhun logo

ފަރުދުން

03 ސެޕްޓެމްބަރު 2025، 10:35

03 ސެޕްޓެމްބަރު 2025، 10:35

ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވާތީ މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް، އެމް.ޓީ.ޑީ އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ވާގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާކަމުގައެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެމްޓީޑީއަށް ދިން ނޯޓިސްގެ މުއްދަތު މިއަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ހަމަވިއިރު، އެޕާޓީގެ ރަޖިސްޓްރީގައި ތިބީ 2277 މެމްބަރުންކަމަށާއި ނޯޓިސް މުއްދަތުގެ ތެރޭގައި ޕާޓީއަށް މެމްބަރުން ރަޖިސްޓްރީވެފައި ނުވާކަމަށެވެ. ނޯޓިސް މުއްދަތު ހަމަވި ދުވަހު، މެމްބަރުން ހަމަކުރުމަށް އިތުރު 3 މަސްދުވަސް ދިނުމަށް އެދި އެޕާޓީން އިލެކްޝަނަށް ހުށައަޅާފައި ވީނަމަވެސް އެއީ ޤާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ބާރެއް ނޫންކަމުން އެޕާޓީން އެދުނު މުއްދަތު ދީފައިނުވާކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.

ނިމިދިޔަ އޯގަސްޓު މަހުގެ 26 ވަނަ ދުވަހު އިލެކްޝަނުން ވަނީ އެމް.ޓީ.ޑީ އުވާލުމަށް ނިންމާފައިވާކަން އިޢުލާނު ކުރައްވާފައެވެ. މިކަމާ ގުޅިގެން އެމްޓީޑީން ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ޤާނޫނާ ޚިލާފަށް، މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލުމަށް ނިންމި ނިންމުން ޕާޓީން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ. މިއީ ކަނޑައެޅިގެން އެ ޕާޓީގެ މެންބަރުންގެ ރުހުމަކާ ނުލައި އަދި އެ ޕާޓީއަށް ޤާނޫނު އަސާސީން ލިބިދީފައިވާ ދުސްތޫރީ ޙައްޤު ގެއްލޭގޮތަށް، ޑިއު ޕްރޮސެސްގެ ފުރުޞަތުވެސް ނުދީ ނިންމާފައިވާ ނިންމުމެއް ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން