Ads by Stelco

ޚަބަރު

ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހި މަސްވެރިން މަސައްކަތުގައި.ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2025، 10:35

03 ސެޕްޓެމްބަރު 2025، 10:35

މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުޤުވެރިކަން އިތުރުކުރަން ސަރުކާރުން ހިންގާ ޕްރޮގާމުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

 މި ޕްރޮގްރާމަކީ ވާލްޑް ބޭންކުގެ އެހީގައި ސަރުކާރުން ކުރިއަށްގެންދާ "ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ" ޕްރޮޖެކްޓުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 24 އަހަރުން ދަށުގެ ޒުވާނުންނަށެވެ. އަދި ކުރިމަތިލާ ފަރާތަކީ މިހާރު އެ ވުޒާރާގެ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މަސްވެރިއަކަށް ވެގެން ނުވާނެއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 3 މަސް ދުވަހުގެ މުއްދަތަށެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ބޭނުންވާ ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމެވެ. އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އުޅަނދެއްގައި އަމަލީ މަސައްކަތް ކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމުގެ ދަށުން 5 ޒުވާނުންނަށް ފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ކޮންމެ ބައިވެރިއަކަށް އެލަވަންސްއެއް ލިބޭނެކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ. އަދި ތަމްރީން ދެއްވާނީ ރާއްޖޭގެ ފުންނާބު އުސް ކެޔޮޅުން ކަމަށްވެސް ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޯމާއި އައިޑީކާޑު ކޮޕީ އަދި 18 އަހަރު ނުވާ ކުއްޖެއް ނަމަ ބެލެނިވެރިޔާގެ ސިޓީ ހުށަހަޅަންވާނެއެވެ. މަސްވެރިކަމުގެ ދާއިރާއަށް ނުކުންނަ ޒުވާނުންގެ އަދަދު މަދުވުމާ ގުޅިގެން، އެ ދާއިރާ ކުރިއަރުވައި ޒުވާނުން ޝައުޤުވެރިކުރުވުމަށް ސަރުކާރުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން