Ads by Stelco

ޚަބަރު

މާލޭ ރަސްފަންނު ތަރައްޤީ ކުރުމުގެ މަސައްކަތް މިމަހު ފަށަނީ

މާލޭ ރަސްފަންނު ތަރައްޤީ ކުރުމުގެ މަސައްކަތް މިމަހު ފަށަނީ

ރަސްފަންނު ސަރަހައްދު. ފޮޓޯ: އިންޓަނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2025، 03:49

01 ސެޕްޓެމްބަރު 2025، 03:49

މާލޭ ރަސްފަންނު ސަރަހައްދު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މިމަހު ފަށަން ތައްޔާރުވެފައިވާ ކަން ސަރުކާރުން ހާމަކޮށްފިއެވެ.

 މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ދެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮށީގެ ބައެއް ބަދަލުތައް ގެނައުމާއެކު މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި، އަދި ރަސްފަންނު ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް މުހިންމު އާންމު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތެވެ. މީގެ ތެރޭގައި ފާޚާނާ ބަރިއަކާއި، ފެން މާގަނޑު އަދި ލޮކަރު ފަދަ ވަސީލަތްތައް ހިމެނެއެވެ. އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތަށް ބޭނުންވާ ބިން ވަނީ މިހާރު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްފަންނާއި ސަލްޓަން ޕާކު މިހާރަށްވުރެ ފުރިހަމައަށް ތަރައްޤީ ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މިހާރު ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

2016 ވަނަ އަހަރު ހުޅުވުނު ރަސްފަންނަކީ ގިނަ ބަޔަކު ބޭނުންކުރާ ސަރަހައްދަކަށްވެފައި، މި ތަރައްޤީގެ މަޝްރޫޢުގެ ސަބަބުން އެތަން ބޭނުންކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކާއެކު، އަސާސީ ވަސީލަތްތައް ލިބިގެންދާނެކަމަށް ބެލެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން