ޚަބަރު
އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން ސްޓެލްކޯއިން ޚާއްސަ ހަރަކާތްތަކެއް

އިންޖިނިއަރުންގެ ދުވަހު އިންޖިނިއަރުންނަށް ރަތް ދޫލައިން މަރުޙަބާ ކިޔުމަށް ބޭއްވުނު ހަފްލާގެ ތެރެެއިން. ފޮޓޯ: ސްޓެލްކޯ
އިއްޔެ ފާހަގަކުރެވިގެންދިޔަ ޤައުމީ އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން ސްޓެލްކޯއިން ޚާއްސަ ހަރަކާތްތަކެއް ހިންގައިފިއެވެ.
އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން ސްޓެލްކޯގެ އިންޖިނިއަރުންނަށް ވަނީ ރަތްދޫލައިގެ މަރުޙަބާއެއް ކިޔައި ޚާއްސަ ހަފްލާއެއް ބާއްވައިފައެވެ.
މީގެއިތުރުން އިމާރާތްކުރުމާ ބޯހިޔާވަހިކަމާ ބެހޭ ވުޒާރާއާ ތަޢުލީމާ ބެހޭ ވުޒާރާ ގުޅިގެން ޕޮލިޓެކްނިކްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ކެރިއަރ ގައިޑެންސް ޕްރޮގްރާމްގައި ސްޓެލްކޯއިން ބައިވެރިވެ ޕޮލިޓެކްނިކްގެ ދަރިވަރުންނަށް ސެޝަން ނަގައިދީފައިވެއެވެ.

ސްޓްލްކޯއިން ޕޮލިޓެކްނިކްގެ ދަރިވަރުންނަށް ކުރިއަސްގެންދިޔަ ސެޝަންއެއްގެ ތެރެއިން
މީގެއިތުރުން ސްޓެލްކޯގެ ސްޓެލްކޯ ފައުންޑޭޝަނުން (އެސްއާރްއެފް) އިން އިންޖިނިއަރުންގެ ދުވަހާއި ގުޅުވައިގެން "ޔަންގް ސްޕާކްސް" ގެ ނަމުގައި ވޯކްޝޮޕެއް ވަނީ ފަށައިފައެވެ.
މި ވޯކްޝޮޕަކީ ގްރޭޑް 6 އަދި 7 ގައި ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްގެން އެސްއާރްއެފް ހިންގާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ކުޑަކުދިންނާ ގުޅުންހުރި އެކި މޭޒް އެކްޓިވިޓީ ޕްރޮޖެކްޓްސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ. މި ހަރަކާތްތައް އަމާޒުކޮށްފައިވަނީ ކުޑަކުދިންނާއި ގުޅުންހުރި ރައްކާތެރި ގޮތްތަކަށް ބަލާފައެވެ. ޖުމްލަ ގޮތެއްގައި މިއީ ސައިންސް، ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގެ ދާއިރާތަކަށް ހާއްސަކޮށް ބޭއްވި ވޯކްޝޮޕެކެވެ.
ޔަންގް ސްޕާކްސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 ދުވަހަކަށް ބަހާލައިގެންނެވެ. އެއީ އޮގަސްޓް 30، ސެޕްޓެމްބަރ 6، 13 އަދި 20 ގައެވެ.
އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން ސްޓެލްކޯގެ އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން އިންޖިނިއަރުންގެ މެދުގައި ފުޓުބޯޅަ މުބާރާތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ. އަދި މި މުބާރާތް ބާއްވާނެ ތާރީޚެއް އަދި ކަނޑަނޭޅެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.