Ads by Stelco

ޚަބަރު

ވިނަރެސްގައި ހުންނަ ކަސްޓަމަރކެއާ އޮފީހުންވެސް މިހާރު ބިލްތައް ދައްކާލެވޭނެ: އެޗްޑީސީ

ވިނަރެސްގައި ހުންނަ ކަސްޓަމަރކެއާ އޮފީހުންވެސް މިހާރު ބިލްތައް ދައްކާލެވޭނެ: އެޗްޑީސީ

ވިނަރެސްގައި ހުންނަ އެޗްޑީސީގެ ކަސްޓަމަރ ކެއަރ އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2025، 11:49

01 ސެޕްޓެމްބަރު 2025، 11:49

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 6 ގައި ހުންނަ އެޗްޑީސީގެ ކަސްޓަމަރ ކެއާ އޮފީސް މެދުވެރިކޮށްވެސް ބިލްތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުންފުނިން ދެމުންއަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ވިނަރެސްގައި އެޗްޑީސީގެ އޮފީހެއް ހުޅުވާފައިވަނީ މިދިޔަ މެއި މަހުއެވެ. މި އޮފީސް ޤާއިމްކޮށްފައިވަނީ ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައެވެ.

އެޗްޑީސީން ބުނާ ގޮތުގައި މި އޮފީސް ގާއިމުކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމަރ ކެއާ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށެވެ. މި އޮފީހުން ކަސްޓަމަރުންނަށް މަޢުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަލަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.

އެޗްޑީސީން އިތުރަށް ހާމަކުރި ގޮތުގައި، މި އޮފީސް ހުޅުވިފައި ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށެވެ. އަދި 'ހިޔާ' ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ޚިދުމަތެއް މިހާރު ލިބޭނީ ވިނަރެސް އެޗްޑީސީ އޮފީހުންނެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ކޯޕަރޭޝަނުން ދެމުންއަންނަ ޚިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން